ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 05:31
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނު ޤައުމީ ޓީމުގެ ނޯޔާ
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނު ޤައުމީ ޓީމުގެ ނޯޔާ
ރޮއިޓާރސް
ޖަރުމަނު ޤައުމީ ޓީމު
ނޯޔާ އަށް އަނިޔާވެ ކުޅުމާ ދުރަށް!
 
ނޯޔާގެ ވާއަތު ފައިގެ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ އަށް ފްރާންސް އަދި ނެދަލެންޑްސް މެޗުގައި ވެސް ނުކުޅެވޭނެ

ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމުގެ ގޯލު ކީޕަރު މެނުއަލް ނޯޔާ އަށް އަނިޔާާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 37 އަހަރުގެ ކީޕަރު ވަނީ ދާދި ފަހުން ވެސް އަނިޔާއަކާ ކުރިމަތިލައިފަ އެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ގާތް ގަނޑަކަށް 10 މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. އެއަށްފަހު އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ނޯޔާ އަށް އަނިޔާވެފައި ވަނީ ޖަރުމަނު ޤައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިންނެވެ. ޖަރުމަނުން މި ވަގުތު ތައްޔާރުވަމުން އަންނަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ފްރާންސް އަދި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ. ޖަރުމަނުގެ ފަރިތަކުރުމުގެ ތެރެއިން ނޯޔާގެ ވާއަތު ފައިގެ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ އަށް ފްރާންސް އަދި ނެދަލެންޑްސް މެޗުގައި ވެސް ނުކުޅެވޭނެ އެވެ. އަނިޔާގެ ފަހުން ކުރިއަށް ގެންދިޔަ މެޑިކަލް ޓެސްޓުތަކަށްފަހު ނޯޔާ މިއުނިކަށް ދާނެ ކަމަށް އޭނާ ކުޅެމުން އަންނަ ކުލަބުން ވެސް ވަނީ ހާމަކޮށްފަ އެވެ.

ޖަރުމަނު ޤައުމީ ޓީމުން ނޯޔާ އަށް ޖާގަ ލިބުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ 117 މެޗުގައި ޖަރުމަނުގެ ގޯލު ބަލަހައްޓައިފަ އެވެ. ޖަރުމަނާއެކު އޭނާ ވަނީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަަކަށް ހޮވުނީ ވެސް އޭނާ އެވެ. އޭގެ ކުރިން 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ އޭނާ ވަނީ ޖަރުމަނާއެކު ހޯދައިފަ އެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކަށް ޖަރުމަނު ތައްޔާރުވަމުން އަންނައިރު، މިއަހަރު އެ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ވެސް ޖަރުމަނު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް