ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 23:09
އަފްޣާނުގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަނީ
އަފްޣާނުގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަނީ
ގޫގުލް
އަފްޣާނިސްތާން
އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި
އެމެރިކާގެ ސިފައިންގެ ދެ މީހަކު ޒަޚަމްވި އިރު ޖޯޖިއާގެ ސިފައިންގެ ތިން މީހަކު ޒަޚަމްވި

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާއާ ގުޅިފައިވާ ކޯލިޝަންގެ ސިފައިންނަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޖާނުންފިދާވުުގެ ހަމަލާއެއްގައި އެމެރިކާގެ ސިފައިންގެ ދެ މީހަކު ޒަޚަމްވެ، ޖޯޖިއާގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

މިހަމަލާގައި ޖޯޖިއާގެ ސިފައިން ތިން މީހަކު ޒަޚަމްވި އިރު ކޯލިޝަންގައި ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވި އަފްޣާން މީހަކު ވެސް ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން މިހަމަލާގައި އަފްޣާނުގެ އިތުރު ދެ ރައްޔިތަކު މަރުވެ އަދި ހަތް މީހަކު ވަނީ ޒަޚަމްވެފައެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ޒަޚަމްވި އެންމެންގެ ހާލުހުރީ ސްޓޭބަލްކޮށެވެ. އެމީހުން ތިބީ ބަގްރާމް އެއާފީލްޑް އަސްކަރީ ހޮސްޕިޓަލުގައެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެެމެރިކާ ފައުޖުގެ ކޮމާންޑަރު ޖެނެރަލް ޖޯން ނިކޮލްސަން، މަރުވި ޖޯޖިއާ ސިފައިންގެ މީހާއާ މެދު މީޑިއާތަކަށް ވިދާޅުވެފައި ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ 900 އެއްހާ ޖޯޖިއާ ސިފައިންކުރަމުންދާ ހިތާމައިގައި ބައިވެރިވާ ކަމަށެވެ. އަދި ޖޯޖިއާ އިން ގުޅިފައިވާ ފައުޖަށް ދޭ އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ނިިމިދިޔަ ބުދަ ދުވަހު ވެސް ހަނގުރާމަވެރިން ވަނީ ވަރުގަދަ ހަަމަލާއެއް ދީފައެވެ. އެގޮތުން އެ ހަމަލާގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެ ހަތަރު މީހަކު ޒަޚަމްވިއެވެ. 

ދާދިފަހުން އަފްޣާނިސްތާނުގައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއެއް ވެސް ހިނގާފައެވެ. އެ ހާދިސާގައި އެމެރިކާ ސިފައިންގެ ދެ މީހަކު ޒަޚަމްވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް