Advertisement
ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 12:49
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލީހުގެ އިންތިޚާބު 2024
ރައްޔިތުންގެ މަޖިލިސް އިންތިޚާބު: ރީ-ރެޖިސްޓަރ ކުރީ 10،000 މީހުން
ސުންގަޑި ހަމަވިއިރު 11،169 މީހުން ރީ ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވޭ
ރީ-ރަޖިސްޓަރ ކުރެވިފައިވަނީ 10،028 މީހުން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހަމަވިއިރު، ރީ ރަޖިސްޓަރ ކޮށްފައިވަނީ 10،000 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާރިޗު 16 ވާ ހޮނިހިރު ދުވަހުގެ މެންދުރު 3ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

Advertisement

އީސީން މައުލޫމާތު ދޭ ގޮތުގައި ސުންގަޑި ހަމަވިއިރު 11،169 މީހުން ރީ ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވެއެވެ.

އޭގެ ތެރެއިން 1141 ފޯމު ރިޖެކްޓްވެފައިވާއިރު، ރީ-ރަޖިސްޓަރ ކުރެވިފައިވަނީ 10،028 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް