ކ. މާލެ
|
13 މާރޗް 2024 | ބުދަ 22:46
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސީނިއަރ ސޯޝަލް އޮފިސަރު އައިޝަތު އަފާ ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސީނިއަރ ސޯޝަލް އޮފިސަރު އައިޝަތު އަފާ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އަންހެނުން ބާރުވެރިކުރުވުން
އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ގޮންޖެހުންތައް އެބަހުރި: މިނިސްޓްރީ
މިންތީގެ ހަމަހަމަކަން ގާއިމްކުރުމަކީ މުހިންމު ކަމެއް
ފުރުސަތުތައް ފަހިވެފައި އޮތްނަމަވެސް ފުރުސަތުގެ ބޭނުން ހިފައި ކުރިއަށް ދިއުމަށް ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ
ކުރިއާ އަޅާބަލާއިރު، މިހާރު އިގްތިސާދީ، ސިޔާސީ ދާއިރާއަށް އަންހެނުން ނުކުންނަ މިންވަރު އިތުރު

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް އަދިވެސް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތުން މުސްތަގުބަލުގައި ހެޔޮ އަސަރު ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސީނިއަރ ސޯޝަލް އޮފިސަރު އައިޝަތު އަފާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެމަސައްކަތްތަކުގެ ޕޮޒިޓިވް ނަތީޖާ ފެންނަމުންދާ ކަމަށެވެ.

އެއީ ކުރިއާ އަޅާބަލާއިރު، މިހާރު އިގްތިސާދީ، ސިޔާސީ ދާއިރާއަށް އަންހެނުން ނުކުންނަ މިންވަރު އިތުރު ކަމަށް އަފާ ވިދާޅުވިއެވެ. އަދި ލީޑަރޝިޕްގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން އަފާ ވިދާޅުވީ އަންހެނުން އެކި ދާއިރާތަކަށް ނުކުންނަ މިންވަރު އިތުރުވެ، މަސައްކަތް ކުރަމުންދާއިރު އަދިވެސް އަންހެނަކަށްވީތީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ފުރުސަތުތައް ފަހިވެފައި އޮތްނަމަވެސް ފުރުސަތުގެ ބޭނުން ހިފައި ކުރިއަށް ދިއުމަށް ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި، މިކަންކަން ބަދަލުކުރަންޖެހޭ ކަމަށް ރަފާ ވިދާޅުވިއެވެ.

އަފާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިވަގުތު ހަމަ ހަމައެކަނި މިނިސްޓްރީން ހަމައެކަނި މަސައްކަތްކޮށްގެން ނޫނޭ މިކަހަލަ ތަފާތެއް މުޖުތަމައުގެ ތެރެއިން ފެންނަނީ. މިނިސްޓްރީއާއެކު އެހެން އިދާރާތައް ވެސް މުޅި މުޖުތަމައު ވެސް އެޑިޔުކޭޝަން ތެރެއިން ވެސް އަޅުގަނޑުމެންނަށް ފެންނަން ޖެހޭ މަސައްކަތް ކުރާތަން. އޭރުން އަޅުގަނޑުމެންނަށް އިންދަ ފިއުޒަރ އަޅުގަނޑުމެން މި ބޭނުންވާ މިންތީގެ ހަމަހަމަކަން ފެނިގެންދާނީ.
ސީނިއަރ ސޯޝަލް އޮފިސަރު އައިޝަތު އަފާ

އަފާ ވިދާޅުވީ މަސައްކަތް ކުރަނީ މިންތީގެ ހަމަހަމަކަން ގާއިމްކުރަން ކަމަށާއި، ހުރިހާ ދައިރާއެއްގައި ދެޖިންސްގެ ބައިވެރިވުން އޮންނަންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް