ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 19:22
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ މިނިސްޓަރު، މުހައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ މިނިސްޓަރު، މުހައްމަދު އަމީން
ރާއްޖެ އޮންލައިން
ޓްރެފިކް މައްސަލަ
މާލޭގެ ޓްރެފިކް ހާލަތު ސިފަވަނީ އަލިފާން ރޯވެފައި އޮތް ތަނެއް ގޮތަށް - އަމީން
 
ގާނޫނު ތަންފީޒުކުރުމަށް އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަަމަށް މިނިސްޓަރު ވިދާޅުވި

މާލޭގެ ޓްރެފިކް ހާލަތު ސިފަވަނީ އަލިފާން ރޯވެފައި އޮތް ތަނެއް ގޮތަށް ކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން އެފަދައިން ވިދާޅުވީ އޭނާ އެފަދައިން ވިދާޅުވީ ރޯދަ މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފަހި ރާސްތާ (ރޯޑް ޝޯވ)ގައި ވާހަކަފުޅުދައްކަވަމުންނެވެ. ޓްރެފިކް މައްސަލަ ހައްލުކުރުމަށް ރަނގަޅު ޕްލޭނެއް އެކުލަވާލާ ކަމަށާއި، ވެހިކަލްތައް އިންތިހާއަށް އިތުރުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް އަމީން ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ޕާކިންގ މައްސަލައާއި ޓްރެފިކް މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. ޓްރެފިކް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާކަމަށާއި، އެކަން ހައްލުކުރަން ވަރަށް ބައިވަރު ގޮންޖެހުންތައް ހުރިކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ އެންމެން ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އުޅޭކަން ޔަގީންކުރުމަށާއި، ބެލުމަށް، އަދި އެފަދަ ކަންކަމަށް ބާރު އެޅުމަށް ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި އާދަޔާޚިލާފަށް ވެހިކަން ގިނަވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނު ތަންފީޒުކުރުމަށް އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ރަމަޟާން މަހު ޚާއްސަ އިސްކަމެއް ދީގެން އެ މަސައްކަތްތައް ކުރާނެ ކަމަށެވެ. އާއިލާއާއި ދަރިންނާއެކު މަގުމައްޗަށް ނުކުންނައިރު، މަގުމައްޗަކީ ރައްކާތެރި ތަނަކަށް ވުން މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓްރެފިކް މައްސަލަ ހައްލުކުރަން ފުލުހުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، ފުލުހުންނަށް ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ޓްރެފިކްގެ މައްސަލަ ހައްލުކުރުމުގައި އާއްމުންގެ ދައުރެއްވެސް އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އުސޫލުން ބޭރުން ވެހިކަލްތައް ރަޖިސްޓްރީވަމުން ނުދާނެ ކަމަށާއި، އެފަދަ ކަންކަން ކައިރިން ބަަލަމުންދާކަމަށް އަމީން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް