ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 19:04
ސީޕީ އަލީ ޝުޖާއު
ސީޕީ އަލީ ޝުޖާއު
ރާއްޖެ އޮންލައިން
މަގުމަތީގެ ރައްކާތެރިކަން
ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކްގެ މައްސަލަތައް ހައްލުކުރަން ގެންނަން ޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
 
ގުމަތީގެ ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވޭ ކަަމަށް އޭނާ ވިދާޅުވި

ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކްގެ މައްސަލަތައް ހައްލުކުރަން ގެންނަން ޖެހޭ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރޯދަ މަހަށް ޚައްސަކޮށްގެން ކުރިއަށް ގެންދާ ފަހި ރާސްތާ (ރޯޑް ޗޯވ)ގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕާރކިން އަށް ސަރުކާރުން ލުއި ދިނުމުން އެކަމުގެ ނާޖާއިޒް ފައިދާ ވަރަށް ގިނަ މީހުން ނަގަމުންދާ ކަމަށެވެ. އެގޮތުން މިސްކިތްތަކާއި ސްކޫލްތައް ހުންނަ ތަންތަން ފަދަ އާއްމުން ގިނަ ތަންތަނުގައި އެއްވެސް ތަރުތީބެއް ނެތި ޕާރކްކުރަމުން ދާ ކަމަށާއި މިއަދުގެ ޓްރެފިކްގެ ހާލަތަށް ބަލާލަން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަަމަށެވެ. މީގެ އިތުރުން ރޭމްޕްތައް މަތީގައި ޕާރކްކުރުމާއި، ސައިލެންސަރަށް ބަދަލު ގެނެސް އަޑުގަދަކޮށްގެން ދުއްވާ މަދު ބައެއްގެ ސަބަބުން ގިނަ ބަޔަކަށް ނުތަނަވަސްކަން ލިބޭކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެފަދަ ކަންކަމަށް ހައްލު ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާރކްކުރުމުގެ ޖާގަ އިތުރުކުރުމާއި ޓެކްނޮލޮޖީގެ އެހީގައި ޕާރކިން މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. ސީޕީ އިތުރަށް ވިދާޅުވީ މާލޭގެ މަގުތަކަކަކީ އެންމެންނަށް ރައްކާތެރިތަކަށް ހެދުމަށްޓަކާ ކުރަމުންދާ މަސައްކަތަކުގެ ތެރެއިން ސައިލެންސަރަށް ބަދަލު ގެނެސް އަޑުގަދަކޮށްގެން ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ ރަމަޟާންމަހާއި ދިމާކޮށް ބާޒާރު މަތީގެ ޓްރެފިކް ފްލޯ ބަދަލުކޮށް، ގޮންޖެހުން ބޮޑު ޓްރެފިކްގެ މައްސަލަތައް ހައްލުކުރަން ރޭވުންތެރިކަމާއި އެކު މަސައްކަތް ކުރާ ކަަމަށް ސީޕީ ވަނީ ވިދާޅުވިއެވެ.

އަދި އާއްމުންނަށް ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވޭ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޓްރެފިކް މޮނިޓަރސް އުފެއްދުމުގެ މަސައްކަތް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން