ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 12:05
ލިވަޕޫލްގެ އާނޮލްޑް (ކ) އާއި ސިޓީގެ ހާލަންޑް
ލިވަޕޫލްގެ އާނޮލްޑް (ކ) އާއި ސިޓީގެ ހާލަންޑް
ގޫގުލް
ލިވަޕޫލް - ސިޓީ
ފައިނަލްގެ ކުރިން ހާލަންޑް އާއި އާނޮލްގެ ކޯޅުމެއް!
 
އާނޮލްޑް ބުނަނީ ލިވަޕޫލް ހޯދި ތަށީގެ ބުރަދަން މާބޮޑު ކަމަށް، ހާލަންޑް އެއްބަހެއްނުވޭ

އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ހޯދާނެ ޓީމެއް ކަށަވަރުވާނީ އެއްވަނައިގައިވާ ލިވަޕޫލާއި ދެވަނައިގައިވާ މެންޗެސްޓާ ސިޓީގެ މެޗުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މި މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 20:30ގައި ލިވަޕޫލްގެ ދަނޑުގަ އެވެ. މި މެޗަށް ނުކުންނައިރު އެއްވަނައިގައި ލިވަޕޫލް އޮތީ 63 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެ ވަނައިގައި އޮތީ 62 ޕޮއިންޓާއެކުގަ އެވެ. މި މެޗަށް ފަހު ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮންނާނީ 10 މެޗެވެ.

މިހެންވެ މި ބޮޑު "ފައިނަލް"ގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ދެ ކޯޗުންގެ ފަރާތުން ވަނީ ތައުރީފާއި ވާދަވެރިކަމުގެ ވާހަކަތައް އިވެން ފަށައިފަ އެވެ. މި ގޮތުން އެންމެ ފާހަގަވެފައިވަނީ ސިޓީގެ ފޯވަޑް އާލިން ހާލަންޑް އާއި ލިވަޕޫލްގެ ވައިސް ކެޕްޓަން އަދި ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޮލްޑްގެ ކޯޅުމެވެ.

މިކަން ފެށުނީ ސިޓީއިން މިދިޔަ ސީޒަނުގައި ޖުމުލަ ފަސް ތަށި ހޯދިއިރު އިނގިރޭސި ޕްރެމިއާ ލީގާއި އެފްއޭކަޕް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތިން ތަށި ހޯދުމަކީ މާ ހާއްސަކަމެއްނޫން ކަމަށް އާނޮލްޑް ބުނުމުންނެވެ. އޭނާ ބުނީ ތިން ތަށި ކާމިޔާބުކޮށްގެން ޓެރިބަލް ހެދި ސީޒަނެއްގެ މާބޮޑު ހާއްސަކަމަކާއި އުފަލެއް ހުރި ކަމަށް ނުދެކޭ ކަމަށެވެ. އަދި އެއީ ކޯއްޗެއްކަން ވެސް ނޭނގޭ ކަމަށް އާނޮލްޑް ބުންޏެވެ.

މިކަމާ ސުވާލުކުރުމުން ހާލަންޑް ބުނީ އޭނާ ޕްރެމިއާ ލީގުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެފަދަ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވުމުން އެއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށެވެ.

ލިވަޕޫލްގެ އާނޮލްޑް (ކ) އާއި ސިޓީގެ ހާލަންޑް - ގޫގުލް
އޭނާ ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެންގެ ފަރުވާލެއްނެތް. އެތިން ތަށި (ޓެރިބަލް) އަކީ ވަރަށް ހާއްސަ ކާމިޔާބީއެއް. އެއީ ކޮންމެ ކޮންމެ ބަޔަކަށްވާނެ ކަމެއްނޫން. އެ ކާމިޔާބީ ނުލިބޭ ބަޔަކަށް އޭގެ އުފަލަކާއި ހާއްސަކަމެއް އިހުސާސެއްނުވާނެ
ހާލަންޑް

އާނޮލްޑް އިތުރަށް ބުނީ ސިޓީން އެއް ސީޒަނެއްގައި ތިން ތަށި ހޯދައި، ލިވަޕޫލަށްވުރެ މިދިޔަ އަށެއްކަ އަހަރު ކާމިޔާބީތައް އިތުރު ނަމަވެސް ދެ ޓީމުހެ ކާމިޔާބީތަކަށް ބަލާއިރު ބުރަދަން ބޮޑީ ލިވަޕޫލްގެ ކާމިޔާބީތަކުގައި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ދެއްކި ލިވަޕޫލަށްވުރެ އެތައް ގުނައެއް އިތުރަށް ސިޓީން ހޭދަކުރުން ކަމަށެވެ.

ދެ ޓީމަށް ބަލާއިރު ޖުމުލަކޮށް އަހަރުމެންގެ ތަށިތައް މާގިނަ. މިދިޔަ އަށެއްކަ އަހަރު އެމީހުން ގިނަ ތަށި ހޯދި ނަމަވެސް ލިވަޕޫލް ހޯދި ކޮންމެ ތައްޓެއްގެ ބުރަދަން މާބޮޑު އަދި އެއީ މާބޮޑަށް ވެސް ހާއްސަ ކާމިޔާބީއެއް. ސަބަބަކީ އަހަރުމެންގެ ތާރީހާއި، ސަޕޯޓަރުންނާއި ލިބޭ ކޮންމެ ކާމިޔާބީއެއްގެ އުފާވެރިކަން ބޮޑުކަމުން، އެކަމުގެ އުފާފާޅުކުރާ މީހުން ގިނަކަމުން
އާނޮލްޑް

އޭނާގެ މިވާހަކައަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ތާއީދު ކުރި އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސިޓީގެ ކޯޗާއި ކުޅުންތެރިން އިތުރަށް ވާހަކަ ދައްކާފައިނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް