ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 05:48
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އެއް ވަނައިގައި އިންޓަ އަށް ދިހަ ޕޮއިންޓުގެ ލީޑެއް
 
އިންޓަ އިން އެއް ވަނައިގައި އޮތީ 28 މެޗުން 75 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އިންޓަ މިލާނުން އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި ސީޒަންގެ އިޓާލިއަން ލީގުގައި މޮޅަށް ކުޅެމުން އަންނަ އިންޓަ އިން، ހޮނިހިރު ދުވަހުގެ ރޭ ބޮލޮގްނާގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ.

މެޗުގައި އިންޓަ އިން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޔަން ބިސެކް އެވެ. އޭނާ އެ ލަނޑު ޖެހީ އެލެސާންޑްރޯ ބަސްޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އިންޓަ އިން ވަނީ އިތުރު ލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ނިންމައެއް ނުލެވުނެވެ.

މޮޅާއެކު އިންޓަ އިން އެއް ވަނައިގައި އޮތީ 28 މެޗުން 75 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ބޮލޮގްނާ އޮތީ 51 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. ދެ ވަނައިގައި ޔުވެންޓަސް އަށް 57 ޕޮއިންޓު ލިބެނީ އިންޓަ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ތިން ވަނައިގައި 57 ޕޮއިންޓާއެކު އޮތީ އޭސީ މިލާން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް