ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 05:53
ބެޑްމިންޓަން އޭޝިއާގެ ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕްގެ ޖޫނިއާ މުބާރާތުގައި ރާއްޖެ އިން ވާދަކުރި ކުޅުންތެރިން
ބެޑްމިންޓަން އޭޝިއާގެ ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕްގެ ޖޫނިއާ މުބާރާތުގައި ރާއްޖެ އިން ވާދަކުރި ކުޅުންތެރިން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން
ބެޑްމިންޓަން ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެއްވެސް އުސޫލެއް ނެތް!
 
އެގޮތުން 15 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރާ ޓީމަށް، ހަތް އަހަރު ނުވަތަ އަށް އަހަރުގެ ކުދިން ނަގާފައިވާކަން ވެސް ބެލެނިވެރިޔާ ފާހަގަ ކުރި

ޕާކިސްތާންގައި ކުރިއަށް ދިޔަ ބެޑްމިންޓަން އޭޝިއާގެ ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕްގެ ޖޫނިއާ މުބާރާތަށް ރާއްޖެ އިން ކުދިން ނެގި ގޮތާ މެދު ބެލެނިވެރިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވަނީ ޖުމުލަ އަށް ކުޅުންތެރިން ވާދަކޮށްފަ އެވެ. މުބާރާތުގައި ވާދަކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކުޅުންތެރިން ނެގީ، ރާއްޖޭގައި ބެޑްމިންޓަން ކުޅެމުން އަންނަ ރަށްތަކުގެ ކައުންސިލްތައް މެދުވެރިކޮށެވެ. އެގޮތުން ކައުންސިލްތަކަށް ސިޓީ ފޮނުވައިގެން، މުބާރާތަށް ކުދިން ވަނީ ނަގައިފަ އެވެ. އެކަމާ ގުޅިގެން ބައެއް ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ، ރަށްތަކުގެ ކައުންސިލްތައް މެދުވެރިކޮށް ޓީމަށް ކުދިން ނެގުމަކީ އެންމެ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. ޚާއްސަކޮށް ބައެއް ރަށްތަކުގައި ބެޑްމިންޓަން އެކަޑަމީތަކުން މަސައްކަތް ކުރަމުން އަންނައިރު، ޓީމަށް ކުދިން ނެގުމުގައި އެއްވެސް ކަހަލަ އުސޫލެއް ނުވަތަ ކްރައިޓީރިއާ އަށް ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފަ އެވެ. އެގޮތުން 15 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރާ ޓީމަށް، ހަތް އަހަރު ނުވަތަ އަށް އަހަރުގެ ކުދިން ނަގާފައިވާކަން ވެސް އެ ބެލެވެރިޔާ ފާހަގަ ކުރި އެވެ.

މިސާލަކަށް، ފަނަރަ އަހަރުން ދަށުގެ ޓީމުގައި މި ހުންނަނީ ހަތް އަހަރުގެ ކުއްޖެއް، ނުވަތަ އަށް އަހަރުގެ ކުއްޖެއް. އެއީ އެއްވެސް އުސޫލެއް ނެތި، ކައުންސިލްތައް މެދުވެރިކޮށް ކުދިން ނެގީމާ ވާ ގޮތެއް. އެކަމުގެ ސަބަބުން މުބާރާތުގައި ރަނގަޅު ނަތީޖާއެއް ވެސް ނުނެރެވުނުދޯ.
ބެޑްމިންޓަން ކުޅޭ ކުއްޖެއްގެ ބެލެނިވެރިޔެއް

އެ މުބާރާތުގައި ރާއްޖެ އަށް އެއްވެސް މެޗަކުން މޮޅެއް ނުލިބެ އެވެ. ސަތާރަ އަހަރުން ދަށާއި، ފަނަރަ އަހަރުން ދަށުގެ ބައިގައި ރާއްޖެ އިން ވާދަކުރިއިރު، ބޫޓާން އަތުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ބެޑްމިންޓަންގައި ރާއްޖެ އިން މިހާތަނަށް އައީ އެކި އުމުރުފުރާތަކުގައި ވެސް ބޫޓާންގެ މައްޗަށް ކުރި ހޯދަމުންނެވެ.

މިކަމުގެ ޙައްްލެއްގެ ގޮތުގައި ބެލެނިވެރިން ދެކެނީ، ޤައުމީ ޓީމަށް ނުވަތަ ރާއްޖެ ތަމްސީލު ކުރުމަށް ކުދިން ނެގުމުގައި ވަކި އުސޫލެއް ގެންގުޅުމެވެ.

މީގެ ކުރިން ވަނީ ސީނިއާ ބެޑްމިންޓަން ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އަމަލު ކުރާ އެއްވެސް އުސޫލެއް ނޯންނާތީ، ޤައުމީ ޓީމުގެ ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޤައުމީ ޓީމު ނެގުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނެތުމުން، އޭރު އެ މައްސަލަ ވަނީ ކުޅިވަރާ ބެހޭ ވުޒާރާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް