ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 12:08
މެޗުގައި ލަނޑު ޖެހުމަށްފަހު ހާޖީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ހާޖީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް އިއްތިހާދު މޮޅުކޮށްދިނީ 16 އަހަރުގެ ހާޖީ!
 
މޮޅާއެކު އަލް އިއްތިހާދުން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފައި

ސައުދީ ޕްރޯ ލީގުގައި އަލް އަޚްދޫދާ ދެކޮޅަށް ކުޅުނު މެޗުން، އަލް އިއްތިހާދު މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. މެޗުގައި އަލް އިއްތިހާދުން ލީޑު ނަގާފައި ވަނިކޮށް، އަލް އަޚްދޫދުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. މެޗުން އަލް އިއްތިހާދު މޮޅުކޮށްދިނީ އުމުރުން 16 އަހަރުގެ ޠަލާލް ހާޖީ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ލީޑު ނަގައިދިނީ ސާދު މުޙައްމަދު މިސްފާ އަލް މޫސާ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި އެލެކްސް ކޮލާޑޯ ވަނީ ލަނޑު ޖަހައި، އަލް އަޚްދޫދަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުން އަލް އިއްތިހާދު މޮޅުވީ، 83 ވަނަ މިނެޓުގައި ހާޖީ ޖެހި ލަނޑުންނެވެ.

މޮޅާއެކު އަލް އިއްތިހާދުން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 23 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ފަސް ވަނައިގައި އަލް ތައާވޫނަށް ލިބެނީ 39 ޕޮއިންޓެވެ. ތިން ވަނައިގައި އަލް އަހްލޫ ސައުދީ އަށް ލިބެނީ 44 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް