ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 12:07
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް ރިޔާދު ބަލިކޮށް، އަލް ޙިލާލަށް 12 ޕޮއިންޓުގެ ލީޑެއް
އަލް ޙިލާާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 65 ޕޮއިންޓު ހޯދައިގެން

ސައުދީ ޕްރޯ ލީގުގައި އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ޙިލާލުން އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗު އަލް ޙިލާލުން ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗުގެ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލީޑު ލިބުނީ އަލް ރިޔާދަށެވެ. އެއީ އަލް ޙިލާލްގެ އަލީ ޢަބްދުﷲ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން އަލް ޙިލާލުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރުބެން ނެވޭސް އެވެ.

މެޗުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ މިކޭލް އެވެ. އެއީ މެޗުގެ 75 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުންނެވެ. މެޗުގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އެލެކްސެންޑާ މިޓްރޮވިޗް އެވެ. ސާބިއާގެ ފޯވާޑް އަންނަނީ އަލް ޙިލާލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މޮޅާއެކު އަލް ޙިލާާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 65 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އަލް ނަޞްރަށް ލިބެނީ 53 ޕޮއިންޓެވެ.

- ކޮމެންޓް