ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ވާހަކަތައް ކުރިޔަށްގެންދިޔުމަށް ސަމިޓެއް ބޭއްވުމަށް ތުރުކީ އޮތީ ތައްޔާރަށް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ އާއެކު ކުރިޔަށްގެންދިޔަ ވާހަކަތަކަށްފަހު ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީ އޮތީ ޔޫކްރެއިން އާ އެކުކަމަށެވެ. އެއާއެކު ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ވާހަކަތައް ކުރިޔަށްގެންދިޔުމުގެ މަސައްކަތްވެސް ތުރުކީން ކުރާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ދެ އަހަރު ވަނީ ވެފައެވެ. ޒެލެންސްކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުރުދުޣާން އާއެކު ކުރިޔަށްގެންދިޔަ ވާހަކަތަކަކީ ކާމިޔާބު ވާހަކަތަކެއްކަމަށެވެ.
ނަމަވެސް ޒެލެންސްކީ ރޮއިޓަރސް އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ސަމިޓްގެ ފުރަތަމަ ބައްދަލުވުމަށް ރަޝިޔާއަށް ދައުވަތު ނުދެވޭނެ ކަމަށެވެ. އެއީ އެ ބައްދަލުވުން ބާއްވަނީ ސްވިޓްޒަލެންޑްގައި ކަމަށްވުމުންކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ޒެލެންސްކީ ވަނީ ރަޝިޔާގެ ޖަލުތަކުގައި ތިބި ޔޫކްރެއިންގެ ރައްޔިތުން މިނިވަންކުރުމަށް އުރުދުޣާން ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.