ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 06:01
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާރސް
ޗެލްސީ
ޗެލްސީ އަށް ކާމިޔާބު ހޯދޭނެ: ޕޮޗެޓީނޯ
 
އޭނާ ބުނީ އުންމީދު ކުރަނީ ޗެލްސީން ޔޫރަޕުގެ ޖާގަ އަސް އަލުން ދިޔުން ކަމަށާއި، އެކަން ވެސް ޙާސިލު ކުރެވޭނެ ކަމަށް

ޗެލްސީ އަށް ކާމިޔާބު ހޯދޭނެ ކަަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިދިޔަ ސީޒަންގައި ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، އައު ސީޒަނަށް ޗެލްސީން ކުރިމަތިލީ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖައްސައިގެންނެވެ. ނަމަވެސް މި ސީޒަންގައި ވެސް އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. މި ވަގުތު ޗެލްސީ އޮތީ ވެސް ލީގު ތާވަލްގެ 11 ވަނައިގަ އެވެ.

ޗެލްސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، ޗެލްސީ އަށް ކާމިޔާބު ހޯދޭނެ ކަމަށާއި، އެކަމުގެ އުންމީދު އޭނާ އަށް ބޮޑު ކަަމަށެވެ. ހަމަ އެހެންމެ ޗެލްސީ އަށް ނިސްބަތްވާ އެންމެން ވެސް މަސައްކަތް ކުރަމުން ދަނީ ކާމިޔާބުގެ މަގަށް ކުލަބު ގެންދިޔުމަށް ކަމަށާއި، އެންމެން އެކުވެގެން ކުރާ މަސައްކަތުން އެކަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

އެކަން ފާހަގަކޮށް އޭނާ އިޝާރާތް ކުރީ ކަރަބޯ ކަޕްގެ ފައިނަލް މެޗަށެވެ. އޭނާ ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅެ ޗެލްސީ ބަލިވި އެ މެޗުގައި ޓީމުގެ ކުޅުންތެރިން ވަރަށް ހިތްވަރު ކުރި ކަމަށެވެ. މެޗުގެ މުޅި 90 މިނެޓު ވެސް ޗެލްސީން ރަނގަޅަށް ކުޅުނު ކަމަށާއި، ޗެލްސީ އަށް މޮޅުވުން ޙައްޤު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ނިކުތުމުގެ ކުރިން ޗެލްސީން ވަނީ ބްރައިޓަން އަދި ނިއުކާސަލް ޔުނައިޓެޑު ފަދަ ކުލަބުތައް ވެސް ބަލިކޮށްފައި ކަމަށެވެ. އޭނާ ބުނީ އުންމީދު ކުރަނީ ޗެލްސީން ޔޫރަޕުގެ ޖާގަ އަށް އަލުން ދިޔުން ކަމަށާއި، އެކަން ވެސް ޙާސިލު ކުރެވޭނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ދެން ޗެލްސީ އަށް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް