ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 05:56
އާޖެންޓީނާގެ މިޑްފީލްޑަރު ގޮމޭޒް
އާޖެންޓީނާގެ މިޑްފީލްޑަރު ގޮމޭޒް
ރޮއިޓާރސް
އާޖެންޓީނާގެ ޤައުމީ ޓީމު
ސަސްޕެންޝަކާ ދެކޮޅަށް ގޮމޭޒް ހުށަހެޅި އިސްތިއުނާފު ކާމިޔާބު ނުވި
 
އުމުރުން 25 އަހަރުގެ މިޑްފީލްޑަރަށް ސަސްޕެންޝަކާ ކުރިމަތިލާން ޖެހުނީ 2022 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެދި އެންޓި ޑޯޕިން ޓެސްޓަކުން ފެއިލްވުމުން

އިޓާލިއަން ލީގުގެ މޮންޒާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕާޕޫ ގޮމޭޒް ސަސްޕެންޑު ކުރަން ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން، އިސްތިއުނާފު ބަލައި ނުގަންނަން ނިންމައިފި އެވެ.

އުމުރުން 25 އަހަރުގެ މިޑްފީލްޑަރަށް ސަސްޕެންޝަކާ ކުރިމަތިލާން ޖެހުނީ 2022 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެދި އެންޓި ޑޯޕިން ޓެސްޓަކުން ފެއިލްވުމުންނެވެ. އެއާއެކު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގޮމޭޒް ސަސްޕެންޑު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ސެވިއްޔާ ދޫކޮށް ގޮމޭޒް މޮންޒާ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ސެވިއްޔާ އިން އޭނާ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމުމާއެކު، ހިލޭ ޓްރާންސްފާއެއްގަ އެވެ. ސެވިއްޔާ އިން އޭނާގެ އެއްބަސްވުން އުވާލީ، ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

ގޮމޭޒް އަކީ އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އެންމެ ފުރަތަމަ އޭނާ އަށް ޤައުމީ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އާޖެންޓީނާ އިން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ވެސް ގޮމޭޒް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް