ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 19:37
އާދަމް ޝަރީފް
އާދަމް ޝަރީފް
ރާއްޖެއެމްވީ
ދަތްދޮޅި ދުއްވައިލާނެ ކަމަށް ވިދާޅުވުން
ދަތްދޮޅީގެ ވާހަކަ ނަގަނީ ގޯސްކޮށް، އެއީ ސަމާސާއެއް - އާދަމް ޝަރީފް
 
މިއަދު މަޖިލީހުގައި ހުންނެވިނަމަ މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވައިނުލައި ހުންނެވޭނެބާވައޭ ހިތްޕުޅަށް އަރާ ކަަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވައިލުމާ ގުޅޭގޮތުން ދެއްކެވި ވާހަކަ ގޯސް މާނައިގައި ނަގަމުންދާ ކަމަށާއި، އެއީ ސަމާސާ ގޮތެއްގައި ވިދާޅުވި އެއްޗެއް ކަަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވަނީ، މަޖިލީހުގައި މިހާރު ތިއްބެވީ އޭނާއާއެކު ވަރަށް ގާތްކޮށް 4 އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅުން ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދު މަޖިލީހުގައި ހުންނެވިނަމަ މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވައިނުލައި ހުންނެވޭނެބާވައޭ ހިތްޕުޅަށް އަރާކަަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފްގެ އެ ވާހަކަފުޅުތަކާ ގުޅިގެން މަޖިލިސް މެމްބަރުންނާއި އާއްމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އޭނާއަށް އަމާޒުވެފައެވެ.

މީގެ އިތުރުން އެ ވާހަކަފުޅުތަކާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމަށްވެސް އާއްމުން ދަނީ ގޮވާލަމުންނެވެ. މި ވާހަކަތަކާ ގުޅިގެން އާދަމް ޝަރީފަށް ފިޔަވަޅު އަޅަން ގިނަ މެމްބަރުން ވެސް ވަނީ ގޮވާލައްވާފައެވެ. އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، ދަތްދޮޅީގެ ވާހަކައަކީ އޭނާއަށް ނިސްބަތްކޮށް ކުރިން ވެސް ދެކެވޭ ވާހަކައެއްކަމަށެވެ. އެހެންކަމުން އެ ބަސް ބޭނުންކުރެއްވީ ސަމާސާ ގޮތަކަށް ކަމަށާއި، އެއީ ހަމަނުޖެހުމަށް ހިތްވަރު ދެއްވުމަށް ދެއްކެވި ވާހަކަފުޅެއް ނޫންކަމަށެވެ. ނަމަވެސް އެގޮތަށް ދޭހަވާ ކަމަށް ވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާގެ ޕޯސްޓްގައިވެއެވެ.

އާދަމް ޝަރީފްގެ އެ ވާހަކަފުޅުތަައް މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިގެން ބަލާނެ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރާއި މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވިއިރުވެސް މި މޭރުމުން މެމްބަރުންގެ ދަތްދޮޅި ދުއްވައިލައްވާނެ ކަމަށް ވިދާޅުވެ ވާހަކަަފުޅުތަކެއް ދެއްކެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް