ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 14:08
އަޙުމަދު ސައީދު މުޙައްމަދު
އަޙުމަދު ސައީދު މުޙައްމަދު
ރާއްޖެއެމްވީ
ގައްދޫ ދާއިރާ
އެމްޑީޕީ ދޫކޮށް އަޅުގަނޑުގެ ނަފްސު ވިއްކައެއް ނުލާނަން: ސައީދު
 
މާޔޫސްކަމާއި އުނދަގޫ ތަކުލީފުތައް ލިބޭނެ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށް ސައީދު ވިދާޅުވި

އެމްޑީޕީ ދޫކޮށް ނަފްސު ވިއްކާ ނުލައްވާނެކަމަށް ގައްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެރޭ ގައްދޫ ދާއިރާގެ މާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ އޭނާ ނަފްސު ނުގަނެވޭނެކަމަށާއި އަބަދުވެސް ހުންނަވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އެމްޑީޕީއަށް ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި އެމްޑީޕީގެ ގޮވުންތަކަށް އިޖާބަދީ، މިއަދު މިއޮތް ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި އެމްޑީޕީގެ ލީޑަރޝިފާ އެއްކޮށް ހުންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އަޅުގަނޑުގެ ނަފްސެއް ނުގަނެވޭނެ. އަޅުގަނޑު ހުންނާނީ އިރާދަކުރެއްވިއްޔާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެއްކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެމްޑިޕީގައި. އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެމްޑީޕީން ގޮވާ ގޮވުންތަކަށް އިޖާބަދީ، އެމަގުން ދިވެހިރާއްޖޭގެ މިއަދުގެ އޮތް ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި، މިސްރާބު ރަނގަޅުކުރުމަށްޓަަކައި، ކުރަންޖެހޭ އެންމެހާ މަސައްކަތް އެމްޑީޕީގެ ލީޑަރޝިޕްއާ އެއްކޮށް، ޚާއްސަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއާ އެއްކޮށް ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތަކުރާރުކޮށް ދެން.
ގައްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ސައީދު މުޙައްމަދު

ސައީދު އިތުރަށް ވިދާޅުވީ މާޔޫސްކަމާއި އުނދަގޫ ތަކުލީފުތައް ލިބޭނެ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި، ރައްޔިތުންގެ އިހުސާސްތަކާ އެކު ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކުރައްވާނެ ކަމުގައެވެ.

އަދި ހަމައެއާއެކު އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވޭ ލާބައަށް ކަމަށާއި އެ އިރެއްގައި ދިމާވެފައި އޮންނަ ތަކުލީފަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން، އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު އެކަން ކުރާނެ މީހަކަށް ކެންޑިޑޭޓް ނަންބަރު ތިނެއް، އަޙުމަދު ސައީދު މުޙައްމަދަށް ވޯޓު ދެއްވުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް