ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 19:50
ފީއަލީގައި ބިން ހިއްކުމަށް ރިވެޓްމެންޓް ޖެހުމަށް، ބޮޑު ހިލަތައް އެރަށަށް ގެންގޮސްފައި
ފީއަލީގައި ބިން ހިއްކުމަށް ރިވެޓްމެންޓް ޖެހުމަށް، ބޮޑު ހިލަތައް އެރަށަށް ގެންގޮސްފައި
ރާއްޖެއެމްވީ
ފީއަލީ ބިން ހިއްކުން
ހުއްޓުވާފައި އޮތް ފީއަލީގެ ބިން ހިއްކުމުގެ މައްސަލަ: އިތުރަށް ނުހިއްކައި، ހިއްކާފައި އޮތް ބައި ދޫކޮށް ރިވެޓްމެންޓް ޖަހަނީ އެއްގަމުން އެތެރޭގައި!
 
ފީއަލީގެ ބިން ހިއްކުމަށް މިދިޔަ ސަރުކާރުން ކަނޑައެޅީ ޖުމްލަ 15.4 ހެކްޓަރުގެ ބިން
 
އެހެން ނަމަވެސް 12 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު، ވެރިކަން ބަދަލުވި ހިސާބުން އެ މަސައްކަތް ވަނީ ހުއްޓިފައި
 
މިހާރު އޭގެން ބައެއް ގިރާފައިވާއިރު، ރިވެޓްމެންޓް ޖަހަނީ ހިއްކާފައި އޮތް ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލުމަށް ފަހު، އެއްގަމުން އެތެރޭގައި

މި ސަރުކާރުން ހުއްޓުވާފައި އޮތް ފ. ފީއަލީގެ ބިން މަސައްކަތް އިތުރަށް ނުފަށައި، ހިއްކާފައި އޮތް ބައިން ބޮޑުބައެއް ދޫކޮށް އެއްގަމުން އެތެރޭގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ފީއަލީގައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނިމުނު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ވެރިކަމުގައިއެވެ. އެ ވެރިކަމުގައި އެންމެ ފުރަތަމަ ކަނޑައެޅީ އަށް ހެކްޓަރުގެ ބިން ހިއްކުމަށް ނަމަވެސް، ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގެ ފަރު ނުގެއްލި ފަޅު އެއްކޮށް ހިއްކާ ގޮތަށް ޖުމްލަ 13.8 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމިއެވެ.

އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެރަށުގެ ކައުންސިލުގެ އެދުމުގެ މަތިން، އެ ރަށުގެ ބިން އިތުރު ކުރުމަށް އިތުރު 1.6 ހެކްޓަރުގެ ބިން ހިއްކުމަށް އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ނިންމެވިއެވެ. އެއާއެކު ޖުމްލަ 15.4 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު، އޭރު ބިން ހިއްކަމުން ދިޔައީ، އެންމެ ފަހުން އިތުރުކުރެވުނު ބިމާއި އެއްކޮށް ކަމަށް އޭރު ކަމާ ގުޅުން ހުރި ވުޒާރާ އަދި ކުުންފުނިތަކުން ވެސް އެ ރަށުގެ ކައުންސިލަށް އަންގަމުން ދިޔައެވެ.

އެހެން ނަމަވެސް ވެރިކަން ބަދަލުވާން ދެ ދުވަހަށް ވީތަނުން، އޭރު ހިއްކިފައި އޮތް ގާތްގަޑަކަށް 12 ހެކްޓަރުގެ ބިން އެ އޮތް ގޮތަށް ބާއްވައި ސަރުކާރުން އެ ޑްރެޖަރު ގެންދިޔައެވެ. އޭގެ ފަހުން އެ ބިން އޮތީ އެގޮތުގައި އެވެ.

ފީއަލީގައި ބިން ހިއްކުމަށް ރިވެޓްމެންޓް ޖެހުމަށް، ކަޑަ ޖަހާފައި - ރާއްޖެއެމްވީ

އެ ބިން އެގޮތަށް އޮތުމުން ބިން ހިއްކި ސަރަހައްދުގެ އިރުމަތި އަދި އުތުރު ފަރާތުން ގާތްގަޑަކަށް ދިހަ ފޫޓުގެ ބިން ވެސް ވަނީ ގިރާފައެވެ. އެ މައްސަލަ ބޮޑުވެ އެ ރަށުގެ ކައުންސިލް އަދި އެ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލެތް)ގެ ކަންބޮޑުވުން ހިއްސާކުރެއްވުމުން ސަރުކާރުން ވަނީ ރިވެޓްމެންޓް ޖެހުމަށް ބޮޑު ހިލަތަކެއް އެރަށަށް ފޮނުވާފައެވެ. އެހެން ނަމަވެސް، އެންމެ ފަހުން މައްސަލަ ޖެހުނީ ރިވެޓްމެންޓް ޖެހުމަށް އެމްޓީސީސީގެ ޓީމުން ނިންމި ނިންމުންތަކާ ގުޅިގެންނެވެ.

އެގޮތުން އެކަމުގެ މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ޖަލީލް "ރާއްޖެ ޓީވީ" އަށް ވިދާޅުވި ގޮތުގައި، އެމްޓީސީސީގެ ސާވޭ ޓީމް އެރަށަށް ދިޔައީ ބޮޑު ހިލަތައް ހިފައިގެންނެވެ. އަދި ރިވެޓްމެންޓް ޖެހުމަށް ކަޑަ ޖެހުމުގެ މަސައްކަތް އެ ޓީމުން ފެށިއިރު، އެކަން ފަށާފައިވަނީ މިހާރު ހިއްކާފައިވާ ސަރަހައްދުން، ވަރަށް ބޮޑު ބަޔެއް ދޫކޮށްލުމަށްފަހު އެއްގަމުން އެތެރޭގައެވެ.

ޖަލީލް ވިދާޅުވި ގޮތުގައި، އެ ނިންމުމަކީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. އަދި މިހާރު ބޮޑު ހިލަ ޖެހުމަށް ނިންމާފައިވާ އެއްގަމުން އެތެރޭގެ ސަބަބުން، އޭގެ ބޭރުން ހުރި ވެލިތައް ނަގައި އެއްގަމަށް އަޅަން ޖެހޭނެ ކަމަށް ވެސް ޖަލީލް ދެކިވަޑައިގަންނަވައެވެ. އަދި އެއީ ބިން ހިއްކުމަށް ނިމިދިޔަ ސަރުކާރުން ކަނޑައެޅި މިންވަރު ކުޑަ ވާނެ ކަމެއް ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި