ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 15:42
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
ކަރަންޓު ބިލު
ކަރަންޓު ބިލު އެތައް ގުނައެއް ބޮޑުވާކަމުގެ ޝަކުވާ ގިނަވަނީ
 
އެހެން ފަރާތަކުން ބުނި ގޮތުގައި ކަރަންޓު ބިލަށް އާންމުކޮށް އަރާ ވަރަށްވުރެ 1500 ރުފިޔާ އިތުރުވެފައިވޭ
 
ބައެއް މީހުން ބުނި ގޮތުގައި މި ފަހަރު ކަރަންޓު ރީޑިންގ ވެސް ނެގީ ނުހަނު ލަހުން

ކަރަންޓު ބިލު އެތައް ގުނައެއް ބޮޑުކަމަށް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ބައެއް ފަރާތްތަކުން އެކަމާ ގުޅޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާކޮށްފައިވެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފަރާތަކުން ބުނި ގޮތުގައި އޭނާގެ ގޭގެ ކަރަންޓު ބިލު އާންމުކޮށް އަބަދުވެސް އުޅެނީ 1800ން ދަށުގައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ކަރަންޓު ބިލަށް 2400 ރުފިޔާ އެރިކަމަށްވެސް އޭނާ ބުންޏެވެ.

މާލެފިޔަވާ އެހެން ރަށްރަށުގައިވެސް ކަރަންޓު ބިލުގެ ޙާލަތަކީ އެއީއެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާއަކީ އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅެމުންދާ މީހެކެވެ. ނިމިދިޔަ ފެބްރުއަރީމަހަކީ ގިނައިން ވާރޭވެހުނު މަހެއް ނަމަވެސް، ކަރަންޓު ބިލު އެތައް ގުނައެއް ބޮޑުކަމަށް އޭނާ ބުންޏެވެ. އެގޮތުން ހުސްވިމަހު އެގޭގެ ކަރަންޓުބިލަށް އެކަނިވެސް 4832 ރުފިޔާ އެރިކަމަށް އޭނާ ބުންޏެވެ.

މިކަމުގައި ބައެއް މީހުން ދެކޭގޮތް ތަފާތެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ، ސަރުކާރުން އެކި ނަންނަމުގައި އިނާޔަތުގެ ގޮތުގައި ދޭންޖެހިފައިވާ ފައިސާ ދިނުމަށްފަހު، އަނބުރާ އެ ފައިސާ ސަރުކާރަށް ނެގޭގޮތަށް ރާވަނީތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ކަރަންޓު ބިލާއި، ފެން ބިލާއި، ޓްރެފިކް ވައޮލޭޝަން ޖޫރިމަނާ އޭނާ މިސާލެއްގެ ގޮތުގައި ފާހަގަ ކުރިއެވެ.

ބައެއް މީހުން ބުނި ގޮތުގައި މި ފަހަރު ކަރަންޓު ރީޑިންގ ވެސް ނެގީ ނުހަނު ލަހުންނެވެ. އެގޮތުން ބައެއް ތަންތަނުގައި 33 ދުވަސް ފަހުންވެސް ރީޑިންގ ނަގާފައިވާ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ކިޔާދިނެވެ.

އެހެން ފަރާތަކުން ބުނި ގޮތުގައި ކަރަންޓު ބިލަށް އާންމުކޮށް އަރާ ވަރަށްވުރެ 1500 ރުފިޔާ އިތުރުވުމުން، ބިލު ޗެކްކޮށްލަން ކަމާބެހޭ އިދާރާތަކުގައި އޭނަގެ ފަރާތުން އެދުނެވެ. ނަމަވެސް މިހާތަނަށްވެސް އެކަމަށް އިޖާބައެއް ދީފައިނުވާކަމަށް އޭނާ ބުންޏެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ސަމާލުކަން ނުުލިބޭކަންވެސް އޭނާ ފާހަގަކުރިއެވެ.

މި ހުރިހާ ޝަކުވާތަކެއް މިހެން ހުއްޓައި ރައީސް ދާދި ފަހުން މިވަނީ ކަރަންޓު ބިލު ރޯދަމަހު އެއް ހަމައެއްގައި ހިފެހެއްޓުމަށް ބިލް "ކެޕް" ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކަރަންޓު ބިލާއި ފެން ބިލް ބޮޑު ނުވާނެ ގޮތަށް ހަދަން ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ވެރިންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެކަން އެހެން ވާނެކަމާމެދު ރައްޔިތުންގެ އުއްމީދު ނުހަނު ކުޑައެވެ.

ސަބަބަކީ ރައީސް ވިދާޅުވެފައިވަނީ ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ އާންމު މަހެއްގައި ހުންނާނެ ވަރަށް ކަމަށެވެ. އެއަށްވުރެ މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް އާންމު މަސްތަކުގެ ކަރަންޓު ބިލު ކުއްލި ގޮތަކަށް އެތައް ގުނައެއް އިތުރުވާއިރު، ރައީސްގެ އެ ބަސްފުޅުން ރައްޔިތުންނަށް ލިބިގެން މިދަނީ އިތުރު މާޔޫސްކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވި ނަމަވެސް ބިލްކޮށްފައިވަނީ ރަނގަޅަށް: ސްޓެލްކޯ/ފެނަކަ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ