ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 13:26
ރައީސް މުއިއްޒު އަދި އެއާ އެމްބިއުލާންސް
ރައީސް މުއިއްޒު އަދި އެއާ އެމްބިއުލާންސް
ރާއްޖެއެމްވީ
އެއާ އެމްބިއުލާންސް
މިވީ "އޮންލައިން ޝޮޕިން" އަށް: ފޮޓޯ އިން ފެނުނީ ފަސްޓް ކްލާސް އެއާ އެމްބިއުލާންސްއެއް، އަސްލު މަންޒަރު ތަފާތު
 
ފޮޓޯ އިން ފެނުނު މަންޒަރާއި، އަސްލު ފޮޓޯ ދިމާނުވުމުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި، އެކަމަށް ސަރުކާރުގެ ފަރުވާލެއް ނެތް
 
އެ ފޮޓޯ އަކީ އެއާ އެމްބިއުލާންސްގެ އެތެރެ ހުންނާނެ ގޮތުގެ ޑިޒައިންއެއް ކަމަށް ސަރުކާރުން ފަހުން ބުނި
 
އެހެން ނަމަވެސް އެ ޑިޒައިނާ ވެސް އަސްލު ފެންނަ މަންޒަރު ވަރަށް ތަފާތު

މިއީ ބައެއް ފަހަރު، އާންމު ދިިރިއުޅުމުގައި ވެސް ދިމާވާ ޙާލަތަކެވެ. ބޭރު ވެބްސައިޓަކުން އެއްޗެއް އޯޑާ ކުރަން ބަލާއިރު، އެ ވެބްސައިޓުން އެ އެއްޗެއް ވަރަށް ރީތިކޮށް ފެނިދާނެއެވެ. ބައެއް ފަހަރު ކިތަންމެ ކުޑަ އެއްޗެއް ވެސް، ބޮޑު އެއްޗެއްގެ ގޮތުގައި ފޮޓޯ އިން ދައްކަފާނެއެވެ. "އޮފު" ނޫން އެއްޗެއް "އޮފު" އެއްޗެއްގެ ގޮތުގައި ވެސް ދައްކަފާނެއެވެ. ޔައުނީ، އާންމުކޮށް ފޮޓޯއަށް ރީތިކޮށް ފެންނަ އެއްޗެއް، އަތަށް ލިބޭއިރު ފޮޓޯއާ ނުބައްދަލު ގޮތަކަށް ވެސް ހުރެއެވެ. މިއީ ވެސް ހަމައެފަދަ ކަމެކެވެ.

މި ހިނގާ މަހުގެ ފުރަތަމަ މަހު ފެށި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށަން، ސަރުކާރުން ޕްރޮމޯޓުކުރަމުން ގެންދިޔައީ އެ ފްލައިޓްގެ އިންޓީރިއާ މާކެޓުކުރަމުންނެވެ. ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި އެކި ބޭފުޅުން އެ ކަން ޕްރޮމޯޓުކުރައްވަމުން ގެންދެވިއެވެ. އެފަދަ ޚިދުމަތެއް ރާއްޖޭގައި ފެށުމަކީ ދިވެހިންނަށް ޚާއްސަ ދުވަހަކަށް ވީ ނަމަވެސް، އެ ދުވަހު ވެސް ދިމާވީ އެންމެ މައްސަލައެކެވެ. މި ސަރުކާރު އެކަމަކަށް ނުލާހިކު "ފަރިތަ" ދޮގު ހަދައި، އޮޅުވާލުމުގެ މައްސަލައެވެ. އެ ފްލައިޓުގެ އެތެރެ އަދި ހުރި ޚިދުމަތްތައް ދެއްކުމަށް ކަމަށް ބުނެ، ދައުރުކުރީ ފޭކު ފޮޓޯއެކެވެ.

އެ ފޮޓޯ އިން ފެންނަނީ، ފަސްޓް ކްލާސް ފެންވަރުގެ ޖެޓެއްގެ އެތެރެއެވެ. މިލިއަނަރެއްގެ އަމިއްލަ ޖެޓެކޭ ތަފާތެއް ނެތެވެ. ބަލި މީހުން ބޭއްވުމަށް ދެ އެނދު އޮތް އިރު، އެ އެނދުތަކާ ޖެހިގެން ހުރީ ބޮޑެތި ގޮނޑިތަކެކެވެ. އެ ގޮނޑިތަކެއްގައި އަރާމުކޮށް އިނދެވޭނެ ފަދަ، ބޮޑެތި ގޮނޑިތަކެކެވެ. ރާއްޖޭގެ ފްލައިޓްތަކުގައި ނުހުންނަ ފަދަ ވައް ކުޑަ ދޮރުތަކެވެ. ބަލާލަން ވަރަށް ހިތްގައިމެވެ.

އެންމެ ފުރަތަމަ އެ ފޮޓޯ ފެނުމުން އެއީ ފޭކް އެއްކަމަށް ހިތަށް އެރި ނަމަވެސް، އެއީ އަސްލެއް ކަމަށް ގަބޫލުކުރަން ޖެހުނީ، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ފޮޓޯ މީސް މީޑިޔާގައި ޝެއާކުރަން ފެށުމުންނެވެ.

އެހެން ނަމަވެސް ގަބޫލުކުރަން ދަތި، އުނދަގުލެއްގެ މަތީގައި ހުއްޓާ ހަނދާންވީ އެއާ އެމްބިއުލާންސަށް ސަރުކާރުން ބޭނުންކުރާނީ، މޯލްޑިވިއަން އިން އެ ކުންފުނީގެ ޑެއިލީ އޮޕަރޭޝަންތަކުގައި ބޭނުންކުރުން ހުއްޓާލި "ޑޭޝް" މަރުކާގެ ފްލައިޓްތައް ކަމެވެ. އެހާ ހިސާބުން ޔަގީނާ ގާތަށް، އެ ފޮޓޯ އަކީ ފޭކު ފޮޓޯއެއްކަން އެނގިއްޖެއެވެ. އެހެން ނަމަވެސް، އެ ފްލައިޓުގެ އަސްލު ފޮޓޯއެއް ދައުރުވަންދެން ކެތްކޮށްލީއެވެ.

އެއާ އެމްބިއުލާންސްގެ ފޮޓޯ ކަމަށް ސަރުކާރުން ދައުރު ކުރި ފުރަތަމަ ފޮޓޯ - ރާއްޖެއެމްވީ

އެންމެ ފުރަތަމަ ދައުރުވީ އެ ފްލައިޓުގެ ބޭރުގެ ފޮޓޯއެކެވެ. ބަލާލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ރީއްޗެވެ. ތަންކޮޅެއް ގިނަ ދުވަސްވީ ފްލައިޓެއް ނަމަވެސް، ފްލައިޓުގެ ލިވަރީ އަސް ގެނައި ބަދަލުން އެކަމެއް ނުދައްކައެވެ. އެންމެ ފަހުން ފްލައިޓުގެ އެތެރޭގެ ފޮޓޯ ވެސް ދައުރުވާން ފަށައިފިއެވެ.

އަނހަ، މި ފަހަރު މި ފެންނަނީ މުޅީން ތަފާތު ފޮޓޯއެކެވެ. ހާސްބައި ތަފާތީއެވެ. ފެންނަނީ އާންމުކޮށް ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓެއްގެ އެތެރެއެވެ. ވައްކޮށް ހުރި ކުޑަދޮރުތަކެއް ވެސް ނެތެވެ. ހުދު ކުލައިގެ ކޮމްފީ ބޮޑެތި ގޮނޑިތަކެއް ވެސް ނެތެވެ. ފެންނަނީ އާދައިގެ، މޯލްޑިވިއަންގެ ގޮނޑިތަކެވެ. އާންމުކޮށް ވެސް ކުރާ ދަތުރުތަކުގައި، ބަލި މީހަކު އުފުލާ ނަމަ ގޮނޑިތައް ނަގައިގެން، ބަލި މީހާ ބާއްވާ އެނދު ބަހައްޓާ އުސޫލުން އެ ފޮޓޯ އިން ވެސް ފެންނަނީ އެމަންޒަރެވެ.

އެއާ އެމްބިއުލާންސްގެ އެތެރޭގެ އަސްލު ފޮޓޯ - ރާއްޖެއެމްވީ

ބޭރު ގައުމުތަކުގެ އެއާ އެމްބިއުލާންސްތަކުން ފެންނަ ފަދަ، އިކުއިޕްމަންޓްތަކެއް ވެސް އެ ފޮޓޯއަކުން ނުފެނެއެވެ. އަޑު އިވޭ ގޮތުގައި، އެ ފްލައިޓުގައި އެފަދަ އިކުއިޕްމެންޓްތައް ހަމަނުވެއެވެ. އެހެން ނަމަވެސް، ރައްޔިތުންނަށް މަންޒަރު ދައްކާލުމަށްޓަކައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީއެވެ. މިދިޔަ ސަރުކާރުން ފެށި ގައުމީ އެމްބިއުލާންސް ޚިދުމަތުގެ ދަށުން، އޭރު ތައާރަފްކުރަން ނިންމާފައި އޮތް އެއާ އެމްބިއުލާންސް، މި ސަރުކާރުން ތައާރަފްކުރި ނަމަވެސް، އެ ޚިދުމަތް ފުރިހަމަ ޚިދުމަތަކަށް އަދި ނުވާ ކަމަށް ގިނަ ބަޔަކު ދެކެނީ އެހެންވެއެވެ.

އާންމު ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ގޮތަށް، މިކަން ވެސް މި އޮތީ ހިނގާފައެވެ. އެކަމާ މެދު މި ސަރުކާރުގެ ފަރުވާލެއް ނެތެވެ. އެއީ ދެން އަނެހެން އާންމު ކަމެއްތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި