ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 10:52
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިފާގުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިފާގުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް އިއްތިފާާގުން ޑަމަކް ބަލިކޮށްފި
 
މޮޅާއެކު އަލް އިއްތިފާގު އޮތީ ލީގު ތާވަލްގެ އަށް ވަނައިގައި

ސައުދީ ޕްރޯ ލީގުގައި ޑަމަކާ ދެކޮޅަށް ކުޅުނު މެޗުން، އަލް އިއްތިފާގު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު، އަލް އިއްތިފާގުން ކާމިޔާބު ކުރީ 2-1 އިންނެވެ. ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖެރާޑް އިރުޝާދު ދެމުން އަންނަ އަލް އިއްތިފާގުގެ ނަތީޖާ ދަށްވެފައިވާއިރު، އޭނާ އަށް ދޭތެރެއަކުން ޕްރެޝަރު ބޮޑުވެ އެވެ.

މެޗުގައި އަލް އިއްތިފާގުން ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެމަރޭ ގްރޭ އެވެ. އޭގެ ފަހުން އެ ޓީމުން ދެ ވަނަ ލަނޑު ޖެހީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މޫސާ ޑެމްބެލޭ އެވެ. އޭނާ އެ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

މޮޅާއެކު އަލް އިއްތިފާގު އޮތީ ލީގު ތާވަލްގެ އަށް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 22 މެޗުން 31 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަ ވަނައިގައި ޑަމަކް އަށް ވެސް ލިބެނީ 31 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް