ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 10:57
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އަތޮޅު ތެރޭގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އަތޮޅު ތެރޭގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
މަޖިލިސް އިންތިޚާބު 2024
"ދާމަގުން ރީތި މާތައް ފޮޅޭތީ ދުށީމޭ، އިސް ޖަހާލީމަ ބިން ވެސް ވިދާތީ ދުށީމޭ!"
 
މަގު މަތީގައި އަންހެން ކުދިން ހިނގާލާފައި ދާއިރު، މާތައް ފޮޅެމުންދާ ފަދައިން، ރައީސް މަނިކުފާނު ވަޑައިގަންނަވާ ރަށް ރަށުގައި، ރައިސް ވައިންޕުޅު އަޅުއްވާ ތަނަކުން، އެއާޕޯޓު ވެސް ފަޅަނީހެންނެވެ!

މަޝްހޫރު ދިވެހި ލަވައެއްގައި އޮވެ އެވެ. ދާމަގުން ރީތި މާތައް ފޮޅޭތީ ދުށީމޭ، އިސް ޖަހާލީމަ ބިން ވެސް ވިދާތީ ދުށީމޭ!" މިހެންނެވެ. މިލަވައިގައި އެ ބުނާ ވާހަކަ އަކީ ވަރަށް ވެސް މާނަ ފުން، އަދި ހިތްތަކާ ކުޅެލާ ވާހަކަ އެކެވެ.

މިއަދު، އެ ލަވައިގައި ގޮސް އެ ބުނާ ވާހަކަ މި ގުޅުވާލަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއެވެ. ފަހަރުގައި ވެސް، އެމަނިކުފާނު ހިންގަވާ މަގުތަކުން، މާފަތައް ފޮޅޭތީ އެއް ނޫނެވެ. އަދި ހޫނު އަވީގެ ސަބަބުން، އެ މަނިކުފާނު އިސް ތިރިކޮށްލައްވާ ވަގުތު، ބިންގަނޑު ވިދާތީއެއް ވެސް ނޫނެވެ. އެހެން ނަމަވެސް، މިހާރަކަށް އައިސް ރައީސް މި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން، އެ ލަވަޔާ ގުޅުވާލަން މަޖުބޫރުވީ އެވެ. ޚާއްސަކޮށް، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް، އެމަނިކުފާނު ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުފުޅުތައް ހުރީ އެފަދައިންނެވެ. ޚާއްސަކޮށް އެއާޕޯޓު އަޅާނެ ކަމަށް ވިދާޅުވެ، ވިދާޅުވަމުން ގެންދަވާ ވައުދުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި، ކޮންމެ ރަށެއްގެ ޕޯޑިއަމެއް ދޮށުގައި ހުއްޓި ވަޑައިގެން ނަމަވެސް، އެތައް ވާހަކަފުޅެއް ދައްކަވަ އެވެ. އެ ރަށުގެ ތަރައްޤީ އަށް މިވެނި ކަމެއް، މި ރަށުގެ ތަރައްޤީ އަށް އެވެނި ކަމެއް ކުރައްވާނެ ވާހަކަފުޅެވެ. މަގުތަކުގައި ތާރުއެޅުމުން ފެށިގެން، ބޮޑެތި އެއާޕޯޓުތައް އެޅުމުގެ ވައުދުފުޅުތައް އެހެރަ އަންނަނީ، ބަރިބަރި އަށް، ފަތިފައްޗަށެވެ. ބައެއް ފަހަރު ހީވާ ކަހަލަ އެވެ. މަގު މަތީގައި އަންހެން ކުދިން ހިނގާލާފައި ދާއިރު، މާތައް ފޮޅެމުންދާ ފަދައިން، ރައީސް ވަޑައިގަންނަވާ ރަށްރަށުގައި، ރައިސް ވައި އަޅުއްވާ ތަނަކުން، އެއާޕޯޓު ވެސް ފަޅަނީހެންނެވެ!

ބައެއް ރަށްތަކަށް ވަޑައިގެން ރައީސް ވިދާޅުވަނީ، ތަރައްޤީގެ މަޝްރޫއުތައް އޮތީ މަޑުޖެހިފައި ކަމަށާއި، އެ މަޝްރޫއުތައް ފަށަން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންފުޅުވާ ކަމަށެވެ. މިއީ ވެސް އަޖައިބެއް ކަހަލަ ކަމެކެވެ. އެ ވިދާޅުވާ މަޝްރޫއުތައް އަލުން ފަށަން މަޖިލީހުގެ މެޖޯރިޓީ ބޭނުން ވަނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި މިހެން ވެދާނެ އެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ހުރީ މަޖިލީހުގަބާވަ އެވެ؟ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން އިށީންދެ އެ ތިބީ، ތެޔޮ ތާންގިތައް މަތީބާ އެވެ؟ އެހެންވިއްޔާ އެކަން ކުރަން، އެ ތެޔޮ ތާންގި މައްޗަށް ރައީސްގެ މެންބަރުން އަރުވަން ޖެހޭނެތާ އެވެ! އޭރުން އެ ލަވައިގައި ބުނާ އިސްޖަހާލީމަ ބިން ވެސް ވިދާ ފަދައިން، މަޖިލީހުގެ މެޖޯރިޓީ އާއެކު ވެހިކަލްތަކަށް ތެޔޮ ލިބެނީތާ އެވެ!

ދަންނަވަންތޯ އެވެ! ރަށް ރަށުގެ އައު އިންޖީނު ގެތަށް ޤާއިމު ކުރުމާއި، ފެނަކަ އޮފީސްތައް ޤާއިމު ކުރުމާއި ފެނުގެ ނިޒާމު ޤާއިމު ކުރުމާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުން ފެށިގެން ގޮސް، ވޮލީ ކޯޓުތަކާއި ފުޓުބޯޅަ ދަނޑުތައް ތަރައްޤީ ކުރުމާއި ނުވިތާކަށް އެއާޕޯޓުތައް ޤާއިމު ކުރުން މަޖިލީހުގެ މެޖޯރިޓީއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މަޖިލީހުގެ މެޖޯރިޓީ ދީގެން އެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވާއިރު، އެ މަސައްކަތް ކުރަނީ މެޖޯރިޓީ ދީގެން މެމްބަރުން ހެއްޔެވެ؟ ކޮންމެ ހަފުތާ އަކު މެމްބަރުން ގޮސް އެ މަސައްކަތް ކުރަނީ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި