ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 10:52
ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފްރާންސް ލީގު
މޮނާކޯ ކައިރިން ޕީއެސްޖީ އަށް މޮޅު ނުވެވުން
ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 24 މެޗުން 55 ޕޮއިންޓު ހޯދައިގެން

ފްރާންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެއްވަރުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ މޮނާކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑު ނަގަން ވެސް ފުރުސަތު ލިބުނެވެ. އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަށް ލިބުނު ފުރުސަތުތައް ނިންމައެއް ނުލެވުނެވެ. މެޗުގެ ދެ ވަނަ ހާފުގައި އެމްބާޕޭ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. ދެ ވަނަ ހާފުގައި މޮނާކޯގެ ވިސާމް ބެން ޔެޑާ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

މި ނަތީޖާ އާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 24 މެޗުން 55 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި ބްރެސްޓަށް 43 ޕޮއިންޓު ލިބެނީ ޕީއެސްޖީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މޮނާކޯ އޮތީ 42 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ.

- ކޮމެންޓް