ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 12:42
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން، މާރިޔާ އަހުމަދު ދީދީ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން، މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
"ދޮގު ދޮލަނގު" ހަރުގެ ޖަލްސާ
ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށީމަ ހަމަ މަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ: މާރިޔާ
 
އިދިކޮޅު ފަރާތަކަށް ތިބެގެން މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް މާރިޔާ ވިދާޅުވި
 
ގައުމިއްޔަތޭ ބުނެ، ގައުމު ނަގައި ބޮލަށް ޖަހަމުންދާ ކަމަށް މާރިޔާ ވިދާޅުވި

ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށުމުން ހަމަމަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ، ދަނޑިކޮށި ޖަގަހައިގައި ބޭއްވި "ދޮގު ދޮލަނގު ޖަލްސާ"ގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެގެން މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ނަމަވެސް އެކަމުން އެނގިގެންދަނީ އެމްޑީޕީގެ ފަރިތަކަން ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށުމުން ހަމަ މަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީން ދޮރުން ދޮރަށް ކެމްޕެއިން ކުރަމުންދާއިރު، ގޭގެއަށް ޒިޔާރަތްކޮށް އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުންވެސް އެނގިގެންދަނީ މިހާރު މިއޮތް ހާލަތު މިގޮތަށް ގޮސްގެން ނުވާނެކަމަށާއި، މި ކަންކަން ވީއެންމެ އަވަހަށް ބަދަލުކުރަން ޖެހޭކަމަށް ރައްޔިތުން ބުނަމުންދާކަން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތަކަށް ތިބެގެން މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު އެމްޑީޕީ ފަރިތަކަން. އިދިކޮޅު ފަރާތެއްގައި ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރުމަކީވެސް ފަސޭހަކަމެއް ނޫން. އެކަމަކު އެމްޑީޕީ ފަރިތަކަން. ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށީމަ ހަމަމަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން، މާރިޔާ އަހުމަދު ދީދީ

މީގެ އިތުރުން މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ރާއްޖޭގެ އިސްތިގުލާލު ގެއްލިގެން ދާކަމަށާއި، އިންޑިއާ ސިފައިން ބޭރުކުރުން އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. ނަމަވެސް 100 ދުވަސް ވީއިރުވެސް އެމީހުން އަދިވެސް އެބަތިބި ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ބައްލަވާ! އިންޑިއާ މީހުން މިތާ ތިބީމަ އިސްތިގުލާލު ގެއްލިގެން ދަނީއޭ، އެއީ ދެއްކި ވާހަކައެއް. 100 ދުވަސް. މާޗު 10ގަ ތޯ އިސްތިގުލާލު ގެއްލެނީ؟ އެމީހުން އެބަތިބި. ބުނި ދުވަހަށް ނެރޭނަމޭ ބުނިއިރު، މިއޮއް ހުރިހާ ދުވަހު ތިބިއިރުވެސް ހަމަ ކުރިއެކޭ އެއްގޮތަށް ތިބި. އޭރުވެސް އަޅުގަނޑުމެން ބުނިން އެމްއެންޑީއެފްގެ ހުއްދައެއްނެތި އެމީހުންނަކަށް އުދުއްސައެއް ނުގަނެވޭނޭ. 100 ދުވަސް ވީއިރުވެސް ހަމަ ތިބީ.
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން، މާރިޔާ އަހުމަދު ދީދީ

އަދި ހަމައެއާއެކު ޚަރަދުކުޑަކުރުމުގެ ނަމުގައި ފެނަކައިން 900 މުވައްޒަފުން ވަޒީފާއިން ވަކިކުރިއިރުގައި ރައީސް މުއިއްޒު 28 މިލިއަން ރުފިޔާ ޚަރަދުކުރައްވައި، ގައުމީ ދިދައާ ދިމާލަށް އެނބުރިވަޑައިގެން ވާހަކަފުޅު ދެއްކެވިކަމަށް ވިދާޅުވެ މާރިޔާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގައުމިއްޔަތޭ ވިދާޅުވެ، ގައުމު ނަގައި ބޮލަށް ޖަހަމުން ދާއިރު ރައްޔިތުންނާމެދު ނުވިސްނާ ވެރިއަކު މިނޫނީ ނުދެކޭކަމަށާއި، އެހެންކަމުން މި ކަންކަމުން ރައްޔިތުން ސަލާމަތްވުމަށްޓަކައި 21 އޭޕްރީލްގައި ވޯޓުލާން ނިކުމެ، ވަކި ބޭފުޅަކަށް ވަކި ނަމަކަށް ބެލުމެއްނެތި ތިލަފަތަށް ވޯޓު ދިނުމަށް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް