ކ. މާލެ
|
1 މާރޗް 2024 | ހުކުރު 22:55
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކީ ފެއްޓެވީ، ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި، ޚުދުމުހްތާރު ވެރިކަމެއް ކުރުމުގެ މަސައްކަތް: ރައީސް ޞާލިޙް
 
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ގެންދަވަނީ ދޮގު ހަދައި، އޮޅުވާލުމުގެ އިތުރުން ގާނޫނު އަސާސީން ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް ކުރައްވަމުން
 
އޭގެ ތެރޭގައި ނޫސްތަކާއި ބައެއް ޚަބަރު ވެބްސައިޓްތައް ބްލޮކް ކުރެއްވި ކަމަށް ވިދާޅުވި
 
އަދި މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެންމެ ފުރަތަމަ ވެސް ކުރައްވަން ފެއްޓެވި ކަމަކީ ފައްކާވެފައި އޮތް ޑިމޮކްރެޓިކް ނިޒާމް ހަލާކުކޮށްލައި، ޚުދުމުހްތާރު ވެރިކަމެއް ކުރުމުގެ މަސައްކަތް ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު، އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ، ދަނޑިކޮށި ޖަގަހައިގައި ބޭއްވި "ދޮގު ދޮލަނގު ޖަލްސާ" ގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ ދޮގު ހަދާ އޮޅުވާލުމުގެ އިތުރަށް، ގާނުނު އަސާސީން ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެގޮތުން ނޫސްވެރިކަމަށް ހުރަސް އެޅުމަށް އެތައް ނޫސް ސައިޓުތަކެއް ބްލޮކް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް އެތައް ޕްރެޝަރަކާއެކު އެ ނޫސްތައް އަންބްލޮކް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި މަޖިީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ، އެ ނޫސްތަކާއި ވެބްސައިޓްތައް ބްލޮކްކޮށް، މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެގޮތުން އެކަން ކުރެއްވުމަށްޓަކައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރި ބައެއް ކަންކަމުގެ މައްޗަށް ރައީސް ޞާލިހް އަލިއަޅުއްވާލެއްވިއެވެ.

ޑިމޮކްރެސީއެއްގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު، ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް ރައްޔިތުންގެ ފަރާތުން ބަސް ބުނަން އެއްވެ އޮތް ތަން. އެތަނުގެ އަގު ވައްޓާލައި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި މަސައްކަތް ކުރެއްވި.އެގޮތުން ފުރަތަމަ ކުރެއްވި ކަމަކީ، އެތައް ބުރަ މަސައްކަތުން އަޅުގަނޑުމެން އެމްޑީޕީން ހޮވާފާއި ތިއްބެވި މެންބަރުން، އެ ކުރި ކަމެއް ކޮށްގެން ގެންދިޔައީ. 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންގޮއްސި. ފެންފޮދެއް ބޯލާހެން އެކަން ކޮށް ނިންމައިފި. ދިރުވާލައިފި. ހުދު ފޮތިކޮޅެއްހެން އެބަ ހުންނަވާ.މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލައި ބާރު ކަނޑުވާލުމަށްޓަކައި ފުރަތަމަ ކުރެއްވި ކަންތައް
ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު، އިބްރާހިމް މުޙައްމަދު ޞާލިޙް

އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި ރައީސް މުއިއްޒު ކުރެއްވި ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމެވެ. އެގޮތުން 1932 ވަނަ އަހަރު، ރާއްޖެއަށް ޤާނޫނު އަސާސީއެއް ލިބުމުގެ ފަހުން ވެސް އެ ދުވަހަކީ ބަންދު ދުވަހެއް ގޮތުގައި އޮތް ކަން ފާހަގަ ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ ކަން ވެސް ރައީސް މުއިއްޒު ކުރެއްވީ، މަޖިލީހަށް އެންމެ ކުރިއްސުރެ ދެމުން އައި ގަދަރާއި އިއްޒަތާއި ބާރު ކަނޑުވާލުމަށްޓަކައި ކަމަށެވެ.

ކުރީގެ ރައީސް އެފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ 12 މެންބަރަކު އެމްޑީޕީ ދޫކޮށް، ސަރުކާރުގެ ޕީއެންސީއާ ގުޅިވަޑައިގެންނެވީ އެތައް މިލިއަން ރުފިޔާގެ ޑީލުގެ ދަށުން ކަމަށް ބުނެ މީސް މީޑިޔާ އަދި އެނޫން ވެސް އެކި ތަންތަނުގައި ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އެ މެންބަރުން ސަރުކާރުން ގަތީ ކަމަށް ބުނެ، ސަރުކާރާއި އެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައިވެއެވެ. އަދި އެކަމާ އެކު އެންޓި ޑިފެކްޝަން ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ.

ކޮމެންޓް