ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 11:45
ސްޕެއިނުން ނޭޝަންސް ލީގުގެ ތަށި އުފުލާލަނީ
ސްޕެއިނުން ނޭޝަންސް ލީގުގެ ތަށި އުފުލާލަނީ
ޔުއެފާ
ޔުއެފާ ނޭޝަންސް ލީގު
އަންހެނުންގެ ނޭޝަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ޤައުމަކަށް ސްޕެއިން
 
ސްޕެއިން އަކީ އަންހެން ނޭޝަންސްގެ ލީގު އެންމެ ފުރަތަމަ ކާމިޔާބު ކުރި ޓީމު

ޔުއެފާ ވިމަންސް ނޭޝަންސް ލީގުގެ ފައިނަލްގައި ފްރާންސް ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ފްރާންސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީ މޮޅަށް ކުޅެމުން އަންނަ އައިޓާނާ ބޮންމަޓީ އެވެ. ދެ ވަނަ ހާފު ފަށަައިގެން އަށް ވަނަ މިނެޓުގައި ސްޕެއިންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ މަރިއޯނާ ކަލްޑެންޓީ އެވެ.

މިއީ އަންހެނުންނަށް ޚާއްސަކޮށްގެން ނޭޝަންސް ލީގު ބޭއްވި ފުރަތަމަ ފަހަރެވެ. އެއާއެކު ސްޕެއިން އަކީ އަންހެން ނޭޝަންސްގެ ލީގު އެންމެ ފުރަތަމަ ކާމިޔާބު ކުރި ޓީމެވެ. މީގެ އިތުރުން މިއީ ކުރު މުއްދަތެއްގެ ތެރޭގައި ސްޕެއިނުން ބައިނަލްއަޤުވާމީ މުބާރާތެއް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު ސްޕެއިނުން ވަނީ ފީފާ އަންހެނުންގެ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް