ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 01:44
ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
ރޮއިޓާސް
ރެއާލް މެޑްރިޑު
އެމްބާޕޭ ރެއާލަށް ސޮއި ކޮށްފިހެން ހީވޭ: ޓެބާސް
 
މިހާރު އޭނާ އަށް ހީވާ ގޮތުގައި ނުވަތަ އިޙުސާސް ކުރެވެނީ، އެމްބާޕޭ ރެއާލަށް ސޮއި ކޮށްފި ކަމަށް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއި ކޮށްފިހެން ހީވާ ކަމަށް، ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ޓެބާސް މިހެން ވިދާޅުވީ، ޕީއެސްޖީ ދޫކޮށް، އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ކަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ފްރާންސްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ އެމްބާޕޭ، ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އޭނާ ވަނީ އެއްބަސްވުން އައު ނުކުރާނެކަން ޕީއެސްޖީ އަށް އަންގައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓެބާސް ވިދާޅުވީ، އެމްބާޕޭ ރެއާލަށް ބަދަލުވާ ވާހަކަ މީގެ ކުރިން ވެސް އިވުނު ކަމަށެވެ. ނަމަވެސް، އެފަހަރު އެކަން ކާމިޔާބު ނުވާކަން ޓެބާސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ، މިހާރު އޭނާ އަށް ހީވާ ގޮތުގައި ނުވަތަ އިޙުސާސް ކުރެވެނީ، އެމްބާޕޭ ރެއާލަށް ސޮއި ކޮށްފި ކަމަށެވެ.

މީގެ ކުރިން ވެސް ރެއާލުން ވަނީ އެމްބާާޕޭ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެފަހަރު ވެސް، އެމްބާޕޭ ރެއާލަށް ބަދަލުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް، ފަހު ވަގުތު އޭނާ ނިންމީ ޕީއެސްޖީގައި މަޑު ކުރުމަށެވެ. އެއާ ޚިލާފަށް، މިފަހަރު އެމްބާޕޭ ރެއާލަށް ބަދަލުވާނެ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން އޭނާ ޕީއެސްޖީ އަށް ވެސް އަންގާފައިވާ ކަމަށާއި، އެއްބަަސްވުން ދެން އައު ނުކުރާނެކަން ވެސް އޮތީ އަންގާފައި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
0%
ކޮމެންޓް