ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 05:55
2022 ވަނަ އަހަރު ޤަޔަރުގައި އޮތް ފީފާ ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ޤަތަރުގެ އަމީރު އަދި އެމްބާާޕޭ
2022 ވަނަ އަހަރު ޤަޔަރުގައި އޮތް ފީފާ ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ޤަތަރުގެ އަމީރު އަދި އެމްބާާޕޭ
ރޮއިޓާސް
ޕީއެސްޖީ
އެމްބާޕޭ ރުއްސަން ޤަތަރުގެ އަމީރު މަސައްކަތް ކުރައްވަނީ!
 
އެހެން ނަމަވެސް، ޤަތަރުގެ އަމީރު މަޝްވަރާ ކުރެއްވި ނަމަވެސް، މިފަހަރު އެމްބާޕޭގެ ވިސްނުން ބަދަލު ނުވާނެ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ރުއްސުމަށް، ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ މަސައްކަތް ކުރައްވާ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ޕީއެސްޖީ އާއެކު ޒުވާން ކުޅުންތެރިޔާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެމްބާޕޭ ވަނީ އެއްބަސްވުން އައު ނުކުރާނެކަން ޕީއެސްޖީގެ އިސްވެރިންނަށް އަންގައިފަ އެވެ. އެއްބަސްވުން އައު ނުކޮށް، އެމްބާޕޭ ބޭނުން ވަނީ ޕީއެސްޖީ ދޫކޮށްލުމަށެވެ. އަނެއްކާ ވެސް އޭނާ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ.

މީގެ ކުރިން ވެސް އެމްބާޕޭ ރެއާލަށް ބަދަލުވާން މަސައްކަތް ކުރި އެވެ. ރެއާލްގެ ހުށަހެޅުން އެމްބާޕޭ އެފަހަރު ވެސް ޤަބޫލު ކުރި ކަމަށާއި، އެހެން ނަމަވެސް ފަހު ވަގުތު އެމްބާޕޭގެ ނިންމުން ބަދަލު ކުރީ ޕީއެސްޖީން ދިން ބޮޑު ހުށަހެޅުމާއެކު ކަަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ޕީއެސްޖީން ވަނީ އެފަހަރު އެމްބާޕޭ އަށް ބޮޑެތި ބާރުތަކެއް ވެސް ދީފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޤަތަރުގެ އަމީރު ބޭނުންފުޅުވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑު ކުރުމަށެވެ. އެކަމަށްޓަކައި، އެމްބާޕޭ ރުއްސުމަށް ޤަތަރުގެ އަމީރު މަސައްކަތް ކުރައްވާ ކަމަށާއި، އަމީރު އެމްބާޕޭއާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެން ނަމަވެސް، ޤަތަރުގެ އަމީރު މަޝްވަރާ ކުރެއްވި ނަމަވެސް، މިފަހަރު އެމްބާޕޭގެ ވިސްނުން ބަދަލު ނުވާނެ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެއްބަސްވުން ހަމަވުމާއެކު، ރެއާލަށް ބަދަލުވުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް އެމްބާޕޭ ރެއާލާ އެކު ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. މޮނާކޯ ދޫކޮށް އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ބަދަލުވި ނަމަވެސް، 2018 ވަނަ އަހަރު އޭނާ ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 292 މެޗުގައި 244 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
50%
0%
50%
0%
ކޮމެންޓް