ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 12:26
އަލް ޙިލާލަށް ކުޅެމުން އަންނަ ރުބެން ނެވޭސް
އަލް ޙިލާލަށް ކުޅެމުން އަންނަ ރުބެން ނެވޭސް
ރޮއިޓާސް
ރުބެން ނެވޭސް
ބާސެލޯނާ އަދި އާސެނަލް އިން ވެސް ފުރުސަތު ލިބުނު: ނެވޭސް
އުމުރުން 26 އަހަރުގެ ނެވޭސް ސައުދީ ލީގުގެ އަލް ޙިލާލަށް ބަދަލުވީ މިދިޔަ އަހަރު

ސްޕެއިންގެ ބާސެލޯނާ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލަށް ވެސް ގުޅުމުގެ ފުރުސަތު ލިބުނު ކަމަށް ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ރުބެން ނެވޭސް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްގައި ހުރުމަށްފަހު، އުމުރުން 26 އަހަރުގެ ނެވޭސް ސައުދީ ލީގުގެ އަލް ޙިލާލަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އަލް ޙިލާލަށް އޭނާ ބަދަލުވީއިރު ވެސް، ޔޫރަޕުގެ ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން އޮތީ ފާޅުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނެވޭސް ބުނީ، މިދިޔަ ސީޒަންގައި ޔޫރަޕުގެ ތިން ކުލަބަކަށް ގުޅުމުގެ ފުރުސަތު ލިބި، އެކަންވުމާ ވެސް ގާތަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް، ފަހު ވަގުތު އެކަން ހުއްޓުނުކަން ނެވޭސް ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ، ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމުގެ ކަންކަން ވަރަށް ކައިރިއަށް ދިޔަ ކަމަށާއި، އެކަން ހުއްޓުނީ ފަހު ވަގުތު ކަމަށެވެ. ބާސެލޯނާގެ އިތުރުން، ޕްރިމިއާ ލީގުގެ އާސެނަލުން ވެސް ފުރުސަތު އޮތް ކަން އޭނާ ފާހަގަ ކުރި އެވެ. އޭނާ ބުނީ ތެދު ތެދަށް ބުނާނަމަ، އާސެނަލުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރި ކަމަށާއި، އެކަން ވެސް ހުއްޓުނީ ފަހު ވަގުތު ކަމަށެވެ.

އަލް ޙިލާލަށް ބަދަލުވެ އޭނާ ވަނީ މިހާާތަނަށް އެ ކުލަބަށް 33 މެޗު ކުޅެދީފަ އެވެ. އެ ކުލަބަށް އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އަލް ޙިލާލުން ވެސް އޭނާ ހޯދީ، ވުލްވްސްގައި އޭނާ ދައްކަމުން އައި ކުޅުމުގެ ސަބަބުންނެވެ.

- ކޮމެންޓް