ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 12:15
އައިޑީ ކާޑެއް
އައިޑީ ކާޑެއް
މިހާރު
އައިޑީ ކާޑުގެ ޚިދުމަތް
ރޯދަމަހު އައިޑީކާޑު ދޫކުރާނީ ހެނދުނު 9:15ން 11:30ށް
އިމަރޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަންބަރު 7280368 އަށް ގުޅުމުން އެ ޚިދުމަތް ދެވޭނެ
ރަމަޟާން މަހުގެ ފަހު ދިހައިގައި ޚިދުމަތް ދޭނީ 01، 03 އަދި 08 އޭޕްރީލްގައި

ރޯދަ މަހު އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނީ ހެނދުނު 9:15 އިން 11:30އަށް ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރުން ވަނީ 1445 ވަނަ އަހަރުގެ ރަމަޟާންމަހު އެ ޑިޕާޓްމަންޓުން އާންމު ރައްޔިތުންނަށް ދެމުންދާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފައެވެ. އެގޮތުން ކިއުބީ އިން ނަންބަރެއް ނަގައިގެން ކާޑު ދޫކުރުން ކުރިއަށްދާނީ ހެނދުނު 9:15 އިން 11:30 އަށް ކަމަށާއި ދޫކުރަނީ 150 ނަންބަރުކަމަށް ޑީއެންއާރުން ބުނެއެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވުމާއެކު، ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ 01، 03 އަދި 08 އޭޕްރީލް 2024 މި 3 ދުވަހުއެވެ. އެއީވެސް ހެނދުނު 9:15 އިން 11:30އަށެވެ.

މި ގަޑިތަކުގެ އިތުރުން އިމަރޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަންބަރު7280368 އަށް ގުޅުމުން އެ ޚިދުމަތް ދެވޭނެކަމަށް ޑީއެންއާރުން ބުނެފައިވެއެވެ.

- ކޮމެންޓް