ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 10:27
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިހާދުގެ ޙަމަދުﷲ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިހާދުގެ ޙަމަދުﷲ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ފަހު ދިހަ މިނެޓުގައި ދެ ލަނޑު ޖަަހައިގެން، އަލް އިއްތިހާދު މޮޅުވެއްޖެ
 
މޮޅާއެކު އަލް އިއްތިހާދު އޮތީ ފަސް ވަނައިގައި

ސައުދީ ޕްރޯ ލީގުގައި އަލް ވެހްދާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އަލް އިއްތިހާދު މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިހާދުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ވެހްދާ އިންނެވެ. ނަމަވެސް، މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން، އަލް އިއްތިހާދު ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އަލް ވެހްދާ އަށް ލީޑު ނަަގައިދިނީ އޮޑިއޯން އިގާލޯ އެވެ. މެޗުގައި އަލް އިއްތިހާދަށް ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރަތަމަ ހާފުގައި ފުރުސަތު ލިބުނެވެ. މެޗުގެ 84 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޢަބްދުއް ރައްޒާޤު ޙަމަދުﷲ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ވެސް ޖެހީ އޭނާ އެވެ.

މޮޅާއެކު އަލް އިއްތިހާދު އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 21 މެޗުން 37 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި އޮތް އަލް ތަޢާވޫނަށް ލިބެނީ 38 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް