ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 21:03
ރައީސް ޓްރަމްޕާއި އަދި ޕޫޓިން
ރައީސް ޓްރަމްޕާއި އަދި ޕޫޓިން
ދި ގާޑިއަން
ރަޝިއާ-އެމެރިކާ
ރަޝިއާ އަށް ފިޔަވަޅު އެޅުމާއި ބެހޭ ބިލް ރައީސް ޓްރަމްޕް ތަސްދީގު ކުރައްވައިފި
ރަޝިއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނުގައި އިރާނާއި އުތުރު ކޮރެއާ އާ ދެކޮޅަށް ފިޔަވަޅު އެޅުުމާއި ބެހޭ ބައިތައްވެސް ހިމެނޭ

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް  ކަމަށްވާ ކޮންގްރެސް އިން ފާސްކުރި ބިލު ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފިއެވެ.

މީޑިއާ ނުވައްދާ ރައީސް ޓްރަމްޕް ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލު ތަސްދީގު ކުރުމުން ގާނޫނަކަށް ވެފައިވާ އިރު މި ގާނޫނުގައި އިރާނާއި އަދި އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވެސް ހިމެނެއެވެ.

ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު ވުޖޫދަށް އައުމުން، ރައީސް ޓްރަމްޕް ރަޝިއާ އާ ދެކޮޅަަށް އަޅާ ނުވަތަ އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ބޭނުން ނަމަ ދެން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަންށެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރީ 2014 ވަނަ އަހަރު ކްރައިމިއާ ރަޝިއާގެ އަތްދަށަށް ގެނައުމާއި ގުޅިގެންނާއި އަދި އެންމެ ފަހުން ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. ރަޝިއާ އާ ދެކޮޅަށް ކުރެވޭ އެންމެހާ ތުހުމަތުތައް އެގައުމުން ދޮގުކުރެއެވެ. 

އަންގާރަ ދުވަހު، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ އޭނާ އާއި އަދި ރައީސް ޓްރަމްޕް ވެސް ބިލާ މެދު "އެއާ ހިތްހަމަ ނުޖެހޭ" ކަމަަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލާއި ގުޅިގެން، ގާނޫނަކަށް ނުވެސް ވަނީސް ރަޝިއާ އިން ވަނީ ރައްދު ދޭން ފަށާފައެވެ. އެގޮތުން ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް ދިޔުމަށް ރައީސް ވްލަޑީމިއާ ޕޫޓިން ވަނީ އަންގަވާފައެވެ.

 

 

 

- ކޮމެންޓް