Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 19:06
 ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ޕްރޮޖެކްޓްތައް ހިންގުން
ސަރުކާރަކަށް އެޅޭނެ އެންމެ ބޮޑު ޅައެއްޗަކީ ހިނގަ ހިނގާހުރި ޕްރޮޖެކްޓްތައް ހުއްޓުން- މެމްބަރު އިސްމާއިލް
މަޖިލީހުގެ ތެރެއިން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް މެމްބަރު ވިދާޅުވި
ޕްރޮޖެކްޓްތައް ހުއްޓާލަން ބަހަނާދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ

ސަރުކާރަކަށް އެޅޭނެ އެންމެ ބޮޑު ޅައެއްޗަކީ ޕްރޮޖެކްޓްތައް ހުއްޓުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Advertisement

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕްރޮޖެކްޓްތައް މަޑު ޖެހިފައި ހުރުމަކީ މެމްބަރުންނާއި އާއްމުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ ކަންކަމަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ މި ސަރުކާރަށް އިގްތިސާދު މެނޭޖްކުރަން ނޭނގޭކަން ދޭހަވާ ކަމެއް ކަމަށް ފާހަގަކުރައްވާ މެމްބަރު އިސްމާއިލް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން މިހާ އަވަހަށް ވެސް ސަރުކާރާއި މެދު މާޔޫސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން އެދޭ ޕްރޮޖެކްޓްތައް ހުއްޓާ ނުލާ އިގްތިސާދު މެނޭޖްކުރަން ސަރުކާރަށް އެނގެން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަށް ވުރެ ދަށް ވި އިރުވެސް ސަރުކާރުތަކުން ޕްރޮޖެކްޓްތައް ހުއްޓާލާފައި ނުވާކަމަށެވެ. ޕްރޮޖެކްޓްތައް ހުއްޓާލަން ބަހަނާދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި ކަންކަމާއި މެދު ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހުގެ ތެރެއިން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި. ބަޖެޓްކޮށްފައި ހުރި ކަންކަން ނުކުރެވުމަކީ ސަރުކާރުގެ ނާގާބިލްކަން. މިދިޔަ 5 އަހަރު ކޮވިޑްގެ ތެރޭގައި ވެސް ޕްރޮޖެކްޓްތައް ހުއްޓާ ނުލާ ކުރިއަށް ގެންދެވި. ޕްރޮޖެކްޓްތައް ހުއްޓާނުލުމުގެ ނަތީޖާ ދަށް ހާލަތަށް ނުވެއްޓި މި ހިސާބަށް އާދެވުމަކީ
މެމްބަރު އިސްމާއިލް

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާ އެކަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ވުޒާރާތަކާއި އިދާރާތަކަށް ފޮނުއްވާފައިވާ ސަރކިއުލަރގައި އަންގާފައި ވަނީ 35،000ރ. އަށްވުރެ މަތީ ޚަރަދުތައް ނުކުރުމަށެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކާއި، ހުއްދަލިބިގެން ކުރަމުންދާ މަސައްކަތްތައް އަދި ޚިދުމަތަށް ބުރޫ ނާރާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކާ ކުރުން ލާޒިމް މަރާމާތުތައް ފިޔަވާ އިތުރު ޚަރަދުތައް ރިކަރަންޓު ބަޖެޓުން ނުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ލިބިގެން މެނުވީ 35،000ރ. އަށްވުރެ މަތީ ޚަރަދުތައް ނުކުރުމަށް ފިނޭންސުން ވަނީ އިރުޝާދު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް