ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 13:15
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް
ރާއްޖެއެމްވީ
ޕީޕީއެމް ޕީއެންސީ
ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މަޖިލިސް ހިންގާނީ ރައީސް އޮފީހުގެ ތެރެއިން: މެމްބަރު ނިޔާޒް
 
ވަޒީރުން ޒިންމާ އަދާކުރޭތޯ ކަށަވަރު ކުރުމަށް އެމްޑީޕީގެ ވޯޓާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ
 
ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރަށް ފާރަވެރިވެފައި ވުމަކީ 19 ވަނަ މަޖިލިސް ތަފާތުވާ ސަބަބު
 
ސަރުކާރަށް މަޖިލީހުން އެއްބާރުލުން ދިނުމަކީ އޮންނަ ކަމެއް

ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މަޖިލިސް ހިންގާނީ ރައީސް އޮފީހުގެ ތެރެއިންކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މަޖިލިސް ހިންގާނީ ރައީސް އޮފީހުގެ ތެރެއިން ކަމަށެވެ.

ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މަޖިލިސް ހިންގާނީ ރައީސް އޮފީހުގެ ތެރެއިން، ރައީސް އޮފީހުން އަންގާ ގޮތަކަށް
ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ނިޔާޒް ވިދާޅުވީ، ސަރުކާރަށް މަޖިލީހުން އެއްބާރުލުން ދިނުމަކީ އޮންނަ ކަމެއް ކަމަށާއި، 19 ވަނަ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުނު ނަމަވެސް، އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރަށް ފާރަވެރިވެފައި ވުމަކީ 19 ވަނަ މަޖިލިސް ތަފާތުވާ ސަބަބު ކަމަށެވެ.

ވަޒީރުން ޒިންމާ އަދާކުރޭތޯ ކަށަވަރު ކުރުމަށް އެމްޑީޕީގެ ވޯޓާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ނިޔާޒް ފާހަގަ ކުރެއްވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، އެ މިންވަރަށް ސަރުކާރު ޖަވާބުދާރީ ކުރުވި މަޖިލީހެއް މިހާތަނަށް ފެނިފައިނުވާނެ ކަމަށެވެ.

އަދި މިވަގުތު މުހިއްމީ ރައްޔިތުންގެ މަޖިލީހުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރެވޭ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުންކަންވެސް ނިޔާޒް ފާހަގަ ކުރެއްވިއެވެ.

ރަމަޟާން މަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން މިސަރުކާރުން ބޭނުންވަނީ މިހާރު ކަންތައްތައް ހިނގާގޮތުން ސަރުކާރުގެ ރުހުން ރައްޔިތުންގެ މެދުގައި އޮތް މިންވަރަށް ބަލާއިރު ވީ އެންމެ އަވަހަށް އިންތިޚާބު ބޭއްވުމަކީ ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތްކަމުގައިވާތީކަމަށްވެސް މެމްބަރު ނިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީސް އިންތިޚާބު ރޯދަމަހުގެ ފަހުން ބާއްވާގޮތަށް ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމުގައި ރައީސް ލަސްކުރައްވަމުން ގެންދަވާ ގެންދެވުމަކީވެސް އިންތިޚާބާމެދު ރައްޔިތުން ފޫހިކުރުވުމަށް ކުރައްވާ ކަމެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެބިލު ތަސްދީގުކުރައްވަން ބޭނުންފުޅުނުވާނަމަ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން ވަގުތު އޮއްވާ ބިލަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ކަންކުރަނީ އެ ގޮތަށް ނޫންކަމަށާއި މިއީ ޒިންމާދާރުކުޑަ ގޮތެއްގައި ކުރަމުންގެންދާކަމެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ މިވަގުތަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް: މެންބަރު ނިޔާޒު
މިއަދު މަޖިލިސް ޖަލްސާ ކެންސަލް، ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި