ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 22:57
ސަންސިލްކް ރީލޯންޗް އިވެންޓް
ސަންސިލްކް ރީލޯންޗް އިވެންޓް
ސަންސިލްކް ރީލޯންޗް
ސަންސިލްކް ރީލޯންޗް - 250 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި އެކު ކާމިޔާބު އިވެންޓެއް
 
ހުރިހާ އުމުރުފުރައަކަށް އަދި އިސްތަށިގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ލިބޭ ފަދަ ޕްރޮޑަކްޓްތައް ސަންސިލްކްގައި ހިމެނޭ
 
ސަންސިލްކްގެ އުފެއްދުންތައް ބޭނުންކޮށްގެން ޝެރީ ސެލޫންގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ

ސަންސިލްކް ރީލޯންޗްކުރުމަށް ބޭއްވި އިވެންޓް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ބެސްޓްބައި މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކުރި އެ އިވެންޓަށް 250 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ ޒިޔާރަތްކޮށްފައެވެ.

ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި، މިއުޒިކާއި އެކު ކުރިއަށް ދިޔަ މި ހިތްގައިމު އިވެންޓުގައި ސަންސިލްކްގެ އުފެއްދުންތައް ބޭނުންކޮށްގެން ޝެރީ ސެލޫންގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ކަމާއި ގުޅުން ހުރި ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ކަސްޓަމަރުންގެ އިސްތަށިގަނޑާއި ގުޅުން ހުރި ރެކޮމެންޑޭޝަންތައް ވަނީ ފޯރުކޮށްދީފައެވެ. މި އިވެންޓްގައި ސަންސިލްކްގެ ޕްރޮޑަކްޓްތައް ޚާއްސަ ޑިސްކައުންޓްތަކަކާއި އެކު ގަނެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާދީފައެވެ.

މި އިވެންޓާއި ގުޅޭގޮތުން ބެސްޓްބައި މޯލްޑިވްސްގެ ހެޑް އޮފް ރީޓައިލް މުކްސިތް ހުސައިން ވިދާޅުވީ މި އިވެންޓަށް ހީކުރިވަރަށް ވުރެ ބޮޑު ތަރުޚީބެއް ލިބުނުކަމަށެވެ. މި އިވެންޓް ކުރިއަށް ދިޔައީ ސަންސިލްކްގެ އުފެއްދުމެއް ބައްލަވައިގަތުމުން ހިލޭ ބޯ ކޮށުމާއި، ބްލޯޑްރައި ފަދަ ޚިދުމަތްތައް ތަޖުރިބާކޮށްލެވޭ ގޮތަށެވެ. މި އިވެންޓްގައި ސަންސިލްކްގެ ޕްރޮޑަކްޓްތައް ދައްކާލާފައިވާ ކަމަށާއި ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅުކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން މިއީ އުންމީދީ ފެށުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ސަންސިލްކްގެ އުފެއްދުންތައްދިވަށިމެދުވެރިކޮށް ގަނެވޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި އިވެންޓްގެ ޓާގެޓް އޯޑިއަންސަކީ ޒުވާނުން ކަމަށްވީ ނަމަވެސް ކުޑަ ކުދިން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ޝެރީ ސެލޫން މެދުވެރިކޮށް ސަންސިލްކްގެ ޕްރޮޑަކްޓްތައް ތަޖުރިބާކޮށްލި ކަސްޓަމަރުން ރާއްޖެއެމްވީއަށް ބުނީ މިއީ ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަަމަށެވެ. އެގޮތުން އިސްތަށި ފޭބުމާއި، ހަންފޮޅުން އަދި އޮމާން އިސްތަށިގަނޑެއް ބޭނުންވާ މީހުންނަށްވެސް ކަމުދާނެ ފަދަ ރޭންޖެއްގެ ޕްރޮޑަކްޓްތައް ސަންސިލްކުން ލިބެން ހުރުމުން ހިތްހަމަޖެހޭކަން ކަސްޓަމަރުން ވަނީ ފާހަގަކޮށްފައެވެ.

މި އިވެންޓް ނިންމާލީ ކާމިިޔާބުކަމާއި އެކުގައި ކަމަށް ވާއިރު ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު އިވެންޓްތައް ބާއްވާނެ ކަމަށް ބެސްޓް ބައި މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ސަންސިލްކަކީ ދިވެހިންގެ މެދުގައި އަދި މުޅި ދުނިޔޭގައި ވެސް މަޤްބޫލްކަން ހޯދާފައިވާ އުފެއްދުންތަކެކެވެ. ހުރިހާ އުމުރުފުރައަކަށް އަދި އިސްތަށިގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ލިބޭ ފަދަ ޕްރޮޑަކްޓްތައް ސަންސިލްކްގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް