ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 18:17
ޕިރަމިޑްގެ މިފަހަރުގެ ރޯދަ ޕްރޮމޯގައި ވެސް މަންޗީ ބަންޑަލް ޕެކް
ޕިރަމިޑްގެ މިފަހަރުގެ ރޯދަ ޕްރޮމޯގައި ވެސް މަންޗީ ބަންޑަލް ޕެކް
ރާއްޖެއެމްވީ
މަންޗީ މާރީ ބިސްކޯދު
ދިވެހިންނަށް އެންމެ ކަމުދާ މަންޗީ މާރީ ބިސްކޯދުގެ ޚާއްސަ ޕްރޮމޯޝަނެއް ޕިރަމިޑުން
 
ފުރުޓް އޭސް ބްރޭންޑުގެ މެންގޯ ފްލޭވާގެ ފުޅިއެއް 47 ރުފިޔާއަށް ލިބޭނެ
 
400 ގްރާމުގެ މާރީ ޕެކެޓް ކުކިންގ ޗޮކްލެޓާއެކު 70 ރުފިޔާއަށް

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު މަންޗީ މާރީ ބިސްކޯދުގެ ޚާއްސަ ޕްރޮމޯޝަނެއް ޕިރަމިޑުން ފަށައިފިއެވެ.

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފެށި މި ޕްރޮމޯޝަނުގެ ދަށުން މަންޗީ މާރީ އަދި ރިޓްސްބަރީ ކުކިން ޗޮކްލެޓު ހިމެނޭ ހާއްސަ ބަންޑަލް ޕެކް ލިބޭނެއެވެ.

މި މަހުގެ 15 އިން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި މެލޭޝިއާގެ މަޝްހޫރު ޖޫސް، ފުރުޓް އޭސް ބްރޭންޑުގެ މެންގޯ ފްލޭވާ ހާއްސަ އަގެއްގައި ލިބޭނެއެވެ. މި ޖޫހުގެ 12 ފުޅީގެ ކޭސް 560 ރުފިޔާއަށް މި މުއްދަތުގައި ލިބޭނެއެވެ.

މަންޗީ ބިސްކޯދަކީ ދިވެހިންގެ އިތުރުން ދުނިޔޭގައި ވެސް މަގުބޫލު ބިސްކޯދެކެވެ. އެގޮތުން ސްރީލަންކާ ސަރުކާރުންދޭ ލްރައުން އެވޯޑު މަންޗީ އަށް ލިބިފައިވާއިރު ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި މަންޗީ އިން ވަނީ ކަސްޓަމަރުންގެ މަގުބޫލުކަން ހޯދައިފައެވެ.

މަންޗީ އަކީ 1968 ވަނައަހަރު އުފެއްދި ސްރީލަންކާ ބިސްކިޓް ލިމިޓެޑު (ސީބީއެލް)ގެ އުފެއްދުމެކެވެ. އެ ކުންފުންޏަކީ އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިތަކުގެ ލިސްޓްގެ ކުރީގައި އަބަދުވެސް ހިފައްޓާ އަދި އެކްސްޕޯރޓް ވިޔަފާރީގެ ވަރުގަދަ މައި އެއްތަނބު ވެސްމެއެވެ.

ޕިރަމިޑްގެ ރޯދަޕްރޮމޯޝަނާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އޭރީސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވީ މި ރޯދަމާ ދިމާކޮށްވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން 4 ކަމަކަށް ފޯކަސްކޮށްގެން 3 ބްރޭންޑެއްގެ ޕްރޮމޯޝަން ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަންޑަލް ޕެކް މިފަހަރުގެ ރޯދަ މަހުގައިވެސް ލިބޭނެ ކަމަށާއި، މި ޕްރޮމޯޝަނުގެ ދަށުން 200ގ ގެ ރިޒްބަރީ ކުކިން ޗޮކްލެޓާއެކު 400ގ މާރީ ޕެކެޓެއް ލިބޭނެ ކަމަށެވެ.

400 ގްރާމުގެ މާރީ ޕެކެޓް މި ލިވެނީ ކުކިންގ ޗޮކްލެޓާއެކު 70 ރުފިޔާއަށް. އެއީ ގާތްގަނޑަކަށް މާރީ ޕެކެޓެއް ސޭވްކުރެވޭ ވަރުގެ ޑިސްކައުންޓެއް. މިފަހަރުވެސް ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންބޭނުންވާ ދެކަމެއް އެބައޮތް. އެގޮތުން ފުރުޓް އޭސް ޖޫސްގެ މެންގޯ ޖޫސް ފުޅިއެއް މިވަނީ 60 ފުރިޔާއަށް ވިއްކާ ފުޅިއެއް 47 ރުފިޔާއަށް ކުޑަކޮށްފައި. އޭގެ އިތުރުން މަޖުލް ޑޭޓް ނުވަތަ ކަދުރުގެ 1148 ރުފިޔާއަށް ހުރި ކޭސް މި ރޯދަމަހު ޕްރޮމޯޝަންގައި 50 އިންސައްތަ ކުޑައަގެއްގައި ލިބޭނެ. މީގެ އިތުރުން ފްރެސް އެސްޓީގެ މަޔޯތައް ތާރަފްކޮށްފައިވާނެ.
އޭރީސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ މެނޭޖަރު މުހައްމަދު ސޮބާހު

ޕިރަމިޑުން ރާއްޖޭގެ ބާޒާރަށް ގެނެސްދޭ ބްރޭންޑުތަކުގެ ތެރޭގައި މަންޗީ ބިސްކޯދު، ޓުޑޭސްޓް ސައިފަތް، ޒީބާ ބާސްމަތީ ރައިސް ހިމެނެއެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ކާނާގެ ބާވަތްތައް ޕިރަމިޑުން ދިވެހިންނާއި ހަމައަށް ގެނެސްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް