ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 15:15
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ރާއްޖެއެމްވީ
ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރުން
ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުތަކަކަށް ތުހުމަތުކުރެވޭ ހިޔާނާތެއްގެ މައްސަލަ ތަހުގީގު ކުރަނީ
މި މައްސަލާގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވޭ
އޭސީސީން ވަނީ ބައެއް މުއައްސަސާތަކަށް ވަދެ ބައެއް މައުލޫމާތުތައް ވެސް ހޯދާފައި

ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުތަކަކަށް ތުހުމަތުކުރެވޭ ހިޔާނާތެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން ބުނީ ސިޔާސީ މަގާމުތަކުގައި ކުރީގައި ތިއްބެވި ބައެއް ބޭފުޅުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.

ނަމަވެސް މިމައްސަލާގެ އިތުރު ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭސީސީން ތަހުގީގު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިިހުގެ ސަރުކާރުގެ ދެ ވަޒީރަކާއި މިހާރު ވެސް މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ހިމެނޭ މައްސަލައެކެވެ.

އެ މައްސަލައިގައި އޭސީސީން ވަނީ ބައެއް މުއައްސަސާތަކަށް ވަދެ ބައެއް މައުލޫމާތުތައް ވެސް ހޯދައިފަ އެވެ.

- ކޮމެންޓް