ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 21:15
މޮސްކު މެނޭޖްމެންޓު ޕޯޓަލް އިފްތިތާހުކުރުން
މޮސްކު މެނޭޖްމެންޓު ޕޯޓަލް އިފްތިތާހުކުރުން
މޮސްކު މެނޭޖްމެންޓު ޕޯޓަލް
މޮސްކު މެނޭޖްމެންޓު ޕޯޓަލް އިފްތިތާހުކޮށްފި
ޕޯޓަލްގެ ސަބަބުން، މިސްކިތްތަކާ ބެހޭގޮތުން ރިޕޯޓްކުރާ މައްސަލަތައް ހައްލުކުރަން ކައުންސިލްތަކަށް ފަސޭހަ ވެގެންދާނެ

މޮސްކު މެނޭޖްމެންޓު ޕޯޓަލް ގާއިމުކޮށް އެ ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

އެކަމަށްޓަކާ ބުރާސްފަތި ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާހުކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕޯޓަލަކީ އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ހާލަތު ބަރާބަރަށް ކޮންމެ ހަފުތާއަކުވެސް ބެލޭނެ އިންތިޒާމު އެކުލެވިގެންވާ ޕޯޓަލްއެއް ކަމަށެެވެ. ހަމަ އެހެންމެ، މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކައުންސިލްތަކަށް އެކަން ވަގުތުން ރިޕޯޓް ކުރުމަށް މަގުފަހިވެގެން ދާނެކަމަށް ވަނީ ބުނެފައެވެ.

މި ޕޯޓަލްގެ ސަބަބުން މިސްކިތްތަކާ ބެހޭގޮތުން ރިޕޯޓްކުރާ މައްސަލަތައް ހައްލުކުރަން ކައުންސިލްތަކަށް ފަސޭހަ ވެގެންދާނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަސޭހައިން މުއާމަލާތު ކުރެވޭނެއެވެ.

- ކޮމެންޓް