ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 17:54
ޙޫޘީންނަށް އަމާޒުކޮށް ހުޅަނގުން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައި
ޙޫޘީންނަށް އަމާޒުކޮށް ހުޅަނގުން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައި
ރޮއިޓާސް
އެމެރިކާގެ ހަމަލާތަކެއް ޔަމަނަށް
ޔަމަނުގެ ޙުދައިދާއަށް އަމާޒުކޮށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފި
 
ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ޙޫޘީން ގެންދަނީ ރަތް ކަނޑުދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުތަކަށް އެންޓި ޝިޕް މިސައިލް ހަމަލާތައް ދެމުން

ޔަމަނުގެ ރަތް ކަނޑުގެ ބަނދަރުގެ ސިޓީއެއް ކަމަށްވާ ޙުދައިދާއަށް އަމާޒުކޮށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވައިގެ ފަސް ހަމަލާއެއް ދީފިއެވެ.

ޙޫޘީން ހިންގާ އަލްމަސީރާ ޓީވީގެ ރިޕޯޓުގައި ބުދަ ދުވަހު ބުނެފައިވަނީ، ހަމަލާތައް ދީފައިވަނީ އެ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އައްސާލިފް ޑިސްޓްރިކްޓްގެ ރަސް އީސާ ސަރަހައްދަށް ކަމަށާއި، އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައި ވާގޮތުގައި ޙުދައިދާގެ ރައްޔިތުން ބުނީ ރަސް އީސާގައި ހުންނަ ޙޫޘީންގެ ބާރުގެ ދަށުގައިވާ އަސްކަރީ ކަނޑުގެ މަރުކަޒުގައި ބޮޑެތި ގޮވުންތަކެއް ގޮއްވާލާފައި ވާކަމަށެވެ.

ޣައްޒާގައި ތިބި ފަލަސްޠީނާ އެއްބައިވަންތަކަމުގެ ގޮތުން ޙޫޘީން ދަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން، ރަތް ކަނޑުދަތުރުކުރާ ބައިނަލްއަގުވާމީ ޝިޕިން އުޅަނދުތަކަށް އެންޓި ޝިޕް މިސައިލް ހަމަލާތައް ދެމުންނެވެ.

ގިނަ އުޅަނދުތަކަކަށް އެކިވަރުގެ ގެއްލުންލިބި، ބޮޑެތި ޝިޕިންގ ކުންފުނިތަކަށް އެފްރިކާގެ ވަށައިގެންވާ މަގުތައް ބަދަލުކުރަން ޖެހުމުން، ޝިޕިންގއާއި މުދަލުގެ އަގު ތައް ވަނީ އުފުލިފައެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ޙޫޘީންގެ އަމާޒުތަކަށް ހަމަލާދެމުން އަންނަ އެމެރިކާގެ އަސްކަރިއްޔާއިން ދިން އާ ހަމަލާތަކާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ ތާއީދާއެކު، 2018 ވަނަ އަހަރު އދ.ން ސްޕޮންސަރކުރި ސްޓޮކްހޯމް އެގްރީމަންޓްގެ ސަބަބުން، ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އެޅި ޙޫޘީން ގެންދަނީ ޙުދައިދާ ކޮންޓްރޯލް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް