ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 10:36
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ އުފާ ފާޅުކުރަނީ
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ އުފާ ފާޅުކުރަނީ
ރޮއިޓާސް
އޭއެފްސީ ޗެމްޕިއަންސް ލީގު
ދެ ވަނަ ލެގުން ވެސް މޮޅުވެ، އަލް ނަޞްރު ކުއާޓާ ފައިނަލަށް
 
ކުއާޓާ ފައިނަލްގައި އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އަލް ނަސްރު ނިކުންނާނީ، އަލް އައިންއާ ދެކޮޅަށް

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ވެސް އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަސްރުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 2-0 އިންނެވެ. އޭގެ ކުރިން ކުޅުނު ފުރަތަމަ ލެގުގެ މެޗު ވެސް ކާމިޔާބު ކުރީ އަލް ނަސްރު އެވެ. އެ މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 1-0 އިންނެވެ.

ދެ ވަނަ ލެގުގެ މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ އޮޓާވިއޯ އެވެ. އަލް ނަސްރުގެ ދެ ވަނަ ލަނޑު، މެޗުގެ ދެ ވަނަ ހާފުގައި ޖެހީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އަލް ނަސްރަށް ބަދަލުވެ އެ ޓީމުގައި މޮޅަށް ކުޅެމުން އަންނަ ރޮނާލްޑޯ އެ ޓީމަށް ޖަހައިދިން 47 ވަނަ ލަނޑެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އަލް ނަސްރު ނިކުންނާނީ، އަލް އައިންއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް