ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 15:10
ބަޔާން މިއުނިކްގެ ހަކަތަ ހުސްވެ، ކޯޗު ފިކުރު ބޮޑުވެއްޖެ
ބަޔާން މިއުނިކްގެ ހަކަތަ ހުސްވެ، ކޯޗު ފިކުރު ބޮޑުވެއްޖެ
ގޫގުލް
ބަޔާން މިއުނިކް
ޓުޗެލް ވަކިކުރަން ނިންމައި، ބަޔާންއިން އާ ކޯޗަކު ހޯދަން ފަށައިފި
ބަޔާންގެ އަމާޒު ހުރީ އަލޮންސޯ ނުވަތަ ކްލޮޕަށް

މި ސީޒަނަށް ފަހު ބަޔާން މިއުނިކްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކުރަން ނިންމައިފި އެވެ.

ބަޔާންގެ މެނޭޖްމަންޓުން މި ގޮތަށް ނިންމީ މިސީޒަނުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ، ޖަރުމަނުގެ ލީގު ތަށި ދިފާއު ކުރުވެނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވަނިކޮށެވެ.

މި ސީޒަނުގައި 22 މެޗު ނިމުނުއިރު ބަޔާން އޮތީ ލީގު ތާވަލުގައި އެއްވަނާގައިވާ ބަޔާން ލެވަކޫސަންއަށްވުރެ އަށް ޕޮއިންޓް މަދުކޮށެވެ. އަދި އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިވުމުން ޓުޗެލްއާމެދު ސަޕޯޓަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ޓުޗެލް ވެސް ވަނީ މި ސީޒަނަށް ފަހު އޭނާ ބަޔާން ދޫކޮށްލާނެ ކަން ޔަގީންކޮށްދީފަ އެވެ.

"އަހަރުމެން މިވަނީ އެއްބަސްވެފައި މި ސީޒަނަށް ފަހު އަހަރެން ވަޒީފާ ދޫކޮށްލަން. މި ސީޒަނުގެ ނިޔަލަށް އަހަރެންނާއި އަހަރެންގެ ކޯޗިން ޓީމު މަސައްކަތުގައި ދެމިތިބޭނެ. ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ،"
ޓުޗެލް ބުންޏެވެ.

ބަޔާން މިއުނިކުން ބުނީ ކޯޗާއެކު އެއްބަސްވުމަކަށް އައުމާއެކު އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޖަރުމަނުގެ ނޫސްތަކުން ބުނަނީ ބަޔާންއިން މަސައްކަތް ކުރާނީ ޖަރުމަނުގެ ލީގުގެ އެއްވަނައިގައިވާ ބަޔާން ލެވަކޫސަންގެ ކޯޗު އަދި ބަޔާންގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ނުވަތަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހޯދުމަށް ކަމަށެވެ. މި ސީޒަނަށް ފަހު ކްލޮޕް ވަނީ ލިވަޕޫލް ދޫކޮށްލަން ނިންމައިފަ އެވެ. އެކަމަކު އޭނާ ބުނެފައިވަނީ އަލުން ޓީމަކާ ހަވާލުވާނީ އަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު ކަމަށެވެ.

- ކޮމެންޓް