ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، 17 މާރިޗު 2024 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން މި އިންތިޚާބުގައި ވޯޓުލުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާފޯމު29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް ވަނީ އެދިފައެވެ.
އަދި އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، އެފަރާތްތަކުންވެސް އެ ފޯމު މެދުވެރިކޮށް މަޢުލޫމާތު އަޕްޑޭޓްކުރުމަށް ވަނީ އެދިފައެވެ.