ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 12:03
ގޭމްސް އޮފް ތްރޯންސްގެ މަންޒަރެއް
ގޭމްސް އޮފް ތްރޯންސްގެ މަންޒަރެއް
ގޫގުލް
ގޭމްސް އޮފް ތްރޯންސް
އެޗްބީއޯ ހެކްކޮށް ގޭމްސް އޮފް ތްރޯންސް ލީކުކޮށްފި
މިމައްސަލަ ދަނީ ބަލަމުން
ހެކް ކުރާނެ ކަމުގެ އިންޒާރު ދަނީ ދީފައި
ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާނެ ކަމަށް އެޗްބީއޯއިން ބުނޭ

މަޝްހޫރު ޓީވީ ޗެނަލް އެޗްބީއޯ ހެކްކޮށް، ގޭމް އޮފް ތްރޯންސް ލީކްކޮށްލައިފިއެވެ.

 

ހެކްކޮށްފައިވަނީ އެޗްބީއޯގެ ޑޭޓާ ބޭސްއެވެ. އަދި ހެކްކުރުމަށްފަހު ގޭމް އޮފް ތްރޯންސްގެ އެޕިސޯޑުގެ ސްކްރިޕްޓް އަދި އެ ސީރީޒްގެ ހަތަރުވަނަ އެޕިސޯޑް ވަނީ ލީކުކޮށްލާފައެވެ.

 

ގޭމް އޮފް ތްރޯންސް ދައްކަމުން އަންނަނީ އެޗްބީއޯއިންނެވެ. އެގޮތުން އެޗްބީއޯގެ ޑޭޓާބޭސްގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން 1.5 ޓެރަބައިޓުގެ މައުލޫމާތު އެމީހުން ވަނީ ހޯދާފައެވެ. އެގޮތުން ގޭމް އޮފް ތްރޯންސްގެ ސްކްރިޕްޓްތަކުގެ ތެރޭގައި ހެކަރުންނަށް ލިބިފައިވަނީ އެ ސިލްސިލާގައި ދައްކަމުންދާ ސީޒަން ހަތެއްގެ އެޕިސޯޑު ހަތަރަކުން ފެށިގެން އެޕިސޯޑު ހަތެއްގެ ސްކްރިޕްޓް އެވެ. މިއީ ކުރިއަށް ދައްކަން ހުރި އެޕިސޯޑު ތަކެއް ކަމަށް އެޗްބީއޯއިން ވަނީ ބުނެފައެވެ.

 

ގޭމްސް އޮފް ތްރޯންސްގެ އިތުރުން އެޗެނަލުން ދައްކަމުން އަންނަ މަޝްހޫރު ސީރީޒް ބެލާސް އެންޑް ރޫމް 104 ވެސް ލީކުކޮށްފައެވެ. އަދި ކުރިއަށް އޮށް ދުވަސްތަކުގައި މިފަދަ ހުރިހާ އެއްޗެއް ލީކުކުރާނެކަމަށް ހެކަރުން ވަނީ ބުނެފައެވެ.

 

ހެކަރުންގެ ހަމަލާތަކެއް އެ ޗެނަލަށް އަމާޒުވެފައިވާކަމަށް އެޗްބީއޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

 

މިކަމާއި ގުޅިގެން އެޗްބީއޯގެ ޗެއާމަން އަދި ސީއީއޯ ރިޗާޑް ޕިލިޕްލާ ވަނީ ސައިބަރސެކިއުރިޓީ ފާރމްތަކާއި ގުޅިގެން މިމައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި މިވަގުތު ރައްކާކުރެވިފައި ހުރި ޑޭޓާ މައުލޫމާތުތައް ރައްކާތެރިކުރުމަކީ އެޗެނަލްގެ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. 

 

އަދި އެ ޗެނަލްގެ ހުރިހާ މުއައްޒަފުން ސަމާލުވެ ތިބުމަށް ސީއީއޯ ރިޗާޑް ވަނީ ގޮވާލާފައެވެ.


 

މިދިޔަ އާދިއްތަ ދުވަހު އެޗްބީއޯގެ ގިނަ ރިޕޯޓަރުންނަށް ހެކަރުން ވަނީ އެޗްބީއޯ ހެކްކޮށް ގޭމްސް އޮފް ތްރޯންސް ލީކުކޮށްފައިވާ ކަމަށް ބުނެ އީމެއިލްތައްވެސް  ފޮނުވާފައެވެ.

- ކޮމެންޓް