ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 05:53
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކުގެ ހޮލުންޑް
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކުގެ ހޮލުންޑް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
އަބަދު ވެސް ހޮލުންޑަށް އިތުބާރު ކުރަން: ޓެން ހާގް
 
އެޓަލަންޓާ ދޫކޮށް، އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ ޔުނަައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކުގެ ފޯވާޑް، ރަސްމުސް ހޮލުންޑަށް އަބަދު ވެސް ފުރިހަމަ އިތުބާރު އޮންނަ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ލޫޓަން ޓައުނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޔުނައިޓެޑުން 2-1 އިން ލޫޓަން ޓައުންގެ މައްޗަށް ކުރި ހޯދި މެޗުގައި، އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ހޮލުންޑު އެވެ.

ޓެން ހާގް ބުނީ އޭނާ އާއި ޔުނައިޓެޑުގެ އެހެނިހެން ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންގެ ފުރިހަމަ އިތުބާރު އަބަދު ވެސް ހޮލުންޑަށް އޮންނަ ކަމަށެވެ. އޭނާ އަކީ އުންމީދުން ފުރިގެންވާ، ހުނަރުވެރި އަދި މޮޅު ކުޅުންތެރިޔެއްކަން ފާހަގަކޮށް ޓެން ހާގް ބުނީ، އޭނާ އަކީ ވަރުގަދަ ކުޅުންތެރިޔެއްކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިނގުނު ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، ޕްރެޝަރު ބޮޑު ވަގުތުތަކުގައި ވެސް، ރަނގަޅަށް ކުޅެން ހޮލުންޑަށް އެނގޭ ކަމަށެވެ. ޚާއްސަކޮށް އެކަމަކީ، ޔުނައިޓެޑުގެ ފޯވާޑެއްގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް ކަމުގައި ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި، މެޗުތަކުގައި ހޮލުންޑުގެ ފަރާތުން ފެންނަމުން އަންނަ އިތުބާރަކީ، އޭނާ އަށް ކުރިއަށް ދެވޭނެ ކަމުގެ އެންމެ ބޮޑު އުންމީދު ކަމަށް ޓެން ހާގް ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި، ހޮލުންޑު ޔުނައިޓެޑަށް ގިނަ ލަނޑުތަކެއް ޖަހައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަަށް ވެސް ޓެން ހާގް ބުންޏެވެ.

އެޓަލަންޓާ ދޫކޮށް، އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ ޔުނަައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ހޮލުންޑް ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 30 މެޗުން 13 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ހަތް ލަނޑަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

ޔުނައިޓެޑަށް ބަދަލުވިތާ ކުރީ ކޮޅު، ހޮލުންޑުގެ ފަރާތުންް އެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ ކުލަބުގެ ބައެއް ސަޕޯޓަރުންގެ ނުރުހުން ވެސް އޭނާ އަށް އަމާޒުވި އެވެ. ނަމަވެސް އޭރު ހޮލުންޑް ބުނެފައި ވަނީ އެކަންކަން އޭނާ ބަލައި ގަންނަނީ ޕޮޒިޓިވް ކަންތައްތަކެއްގެ ގޮތުގައި ކަމަށާއި، އެކަންކަމުން ހިތްވަރު ލިބިގެން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް