ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 05:40
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ މިސްކިތްތައް ތަރައްގީކުރަން 1.5 މިލިއަން ރުފިޔާ
 
އައްޑޫ ސިޓީގެ 68 މިސްކިތެއްގެ މަރާމާތަށް މިއަހަރު، މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ޚަރަދު ކުރަންވަނީ ނިންމާފައި

އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާ އެއްކޮށް ބޭއްވެވި ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ 68 މިސްކިތެއްގެ މަރާމާތަށް މިއަހަރު، މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ޚަރަދު ކުރާނެ ކަމަށެވެ.

އަދި އެ އަދަދަކީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އައްޑޫގެ އިސްލާމިކް ސެންޓަރުގެ މަސައްކަތް ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ، އެ މަސައްކަތުގެ ސްޕީޑް މިހާރަށް ވުރެ އަވަސްކޮށް، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓް