ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 11:07
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފްރާންސް ލީގު
ނަންޓެސް ބަލިކޮށް ޕީއެސްޖީ ކުރިއަށް
 
މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައިފައި

ފްރާންސް ލީގުގައި ނަންޓެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއް ވަނައިގައި ކުރިއަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނަންޓެސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-0 އިންނެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހިމަނައިފައެއް ނުވެ އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އޭނާ ވަނީ ކުޅެން ނިކުމެފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ މާކީނިއޯސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ އެމްބާޕޭ އެވެ. 78 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. ދާދި ފަހުން އެމްބާޕޭ ވަނީ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމައި، އެކަން ކުލަބުގެ އިސްވެރިންނަށް ވެސް އަންގައިފަ އެވެ.

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅުނު 22 މެޗުން ޕީއެސްޖީ އަށް ލިބެނީ 53 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ނީސް އަށް ލިބެނީ 39 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް