ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 05:38
އިޓާލިއަން ލީގުގައި ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
އިޓާލިއަން ލީގު
ޖެނޯ ކައިރިން ނަޕޯލީ ސަލާމަތްވީ ފަހު ވަގުތު
މި ނަތީޖާ އާއެކު ނަޕޯލީ އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގައި

އިޓާލިއަން ލީގުގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އެއްވަރުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޖެނޯ އިންނެވެ. ނަމަވެސް، މެޗުން ނަޕޯލީ ސަލާމަތްވީ އެންމެ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖަހައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޖެނޯ އަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު މޯޓެން ފްރެންޑްރަޕް އެވެ. އޭނާގެ ލަނޑުން ޖެނޯ އިން ކުރީގައި އޮވެ ކުޅެމުން ދަނިކޮށް، ނަޕޯލީ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 90 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސިރިލް އެންގޯން އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ.

މި ނަތީޖާ އާއެކު ނަޕޯލީ އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 24 މެޗުން 36 ޕޮއިންޓާއެކު އެވެ. ޖެނޯ އޮތީ 25 މެޗުން 30 ޕޮއިންޓާއެކު 12 ވަަނައިގަ އެވެ.

- ކޮމެންޓް