ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 13:57
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ސްކައުޓްގެ ހަރަކާތްތައް
ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ގާއިމްކުރުމަށް އިތުރަށް މަސައްކަތް ކުރާނަން: ނައިބު ރައީސް
 
އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިފައިވޭ
 
ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި
 
ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުން މުހިންމު

ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ގާއިމްކުރުމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ހޮނިހިރު ދުވަހު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ އެކުވެރި، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ގައުމަކަށްވާއިރު، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ. ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ގާއިމްކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ގައުމު ފަޚުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަހުލާގާއި ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެބޭފުޅުން ދިވެހި މުޖުތަމައު ހަރުދަނާކުރުމަށް ކުރައްވާ ޚިދުމަތްތަކަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް: ރައީސް މުއިއްޒު
އައިސީއާރުސީގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ހިލާލީ ގެއިން ނުކުމެވަޑައިގެންނެވިކަމަށް ދެކެވޭ ވާހަކަ ނައިބު ރައީސް ދޮގުކުރައްވައިފި
ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ޤައުމަށް ޚިދުމަތްކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭ: ރައީސުލްޖުމްހޫރިއްޔާގެ ނައިބު
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭ: ނައިބު ރައީސް
ޔުގަންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފުރާވަޑައިގެންފި
ފަސްޓު ކުލާހުގައި ދަތުރު ނުކުރައްވާނެ ކަމަށް ވިދާޅުވިނަމަވެސް، ފަސްޓު ކުލާހުގައި ދަތުރުކުރައްވައި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަަދުކޮށްފި