ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 17:46
 ލަސްވިޔަސްގެ ޕޯސްޓަރެއް
ލަސްވިޔަސްގެ ޕޯސްޓަރެއް
"ލަސްވިޔަސް" ފިލްމް
ޓެޑްރީގެ "ލަސްވިޔަސް" ސްކްރީންތަކަށް އަންނަން ދެން މާ ލަހެއް ނުވާނެ!
 
ފިލްމްގެ ލަވައެއްގެ އޮރިޖިނަލް އޯޑިއޯ ވަނީ އާއްމުކޮށްފައި
 
ފިލްމުން ވާޝިޔާ އަދި އާނަންދު އިސް ރޯލުތަކުން ފެނިގެންދާނެ
 
މިއީ ޓެޑްރީ ޑައިރެކްޓްކުރާ ދެ ވަނަ ފިލްމް

ދިވެހި ފިލްމްތަކަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…"ގެ ޓްރެއިލާ ބުރާސްފަތި ދުވަހުގެ ރޭ ދައްކާލައިފިއެވެ.

އަންނަ އެޕްރިލް މަހުގެ 12 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމު ބޮޑު ސްކްރީންގައި އަޅުވާނެ ވަގުތަކަށް ހުރިހާ އެންމެންވެސް ދަނީ އިންތިޒާރުކުރަމުންނެވެ. ދިވެހިންގެ މެދުގައި މަޤްބޫލް ފިލްމެއްކަމަށްވާ ދެރިޔާ ފިލްމް ޑައިރެކްޓްކޮށް ގެނެސްދިން މުހައްމަދު ނިޔާޒް ޓެޑްރީގެ މި ފިލްމަކީ ވެސް ތަފާތު، އަސަރުގަދަ ވާހަކަތަކެއް ފެނިގެންދާނެ ފިލްމެކެވެ. އަމާނާތް، ހުޅުކޮޅު، ބިތުފަންގި 2 ފަދަ ފިލްމްތައް ވެސް ދިވެހިންނާއި ހަމައަށް ގެނެސްދީފައިވާ ޓެޑްރީ ނިޔާޒް އަކީ ނޭޝަނަލް ފިލްމް އެވަރޑް ހާސިލްކޮށްފައިވާ ލިޔުންތެރިއެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. ޓެޑްރީގެ "ޓެޑްރީ ޓޯކީސް" އިން ގެނެސްދޭ މި ފިލްމަށް އާއްމުންގެ އެހާ ބޮޑު ޝައުގުވެރިކަމެއް ހުއްޓިގެންދާ ސަބަބަކީ ޓެޑްރީގެ އުފެއްދުންތަކުގެ ފޮނިކަމާއި ހިތްގައިމުކަމެވެ. އެހެންކަމުން މި ފިލްމާއި މެދު ވެސް އާއްމުން ކުރާ އުންމީދުތައް ވަރަށް ފޮންޏެވެ. މިއީ ޓެޑްރީ ޑައިރެކްޓްކުރާ ދެ ވަނަ ފިލްމެވެ.

ފިލްމްގެ ޓްރެއިލަރގެ އިތުރުން ފިލްގެ ޕޯސްޓަރ އަދި މި ފިލްމްގެ ވީޑިއޯ ލަވަ އެއް ކަމަށްވާ ދުނިޔެ ލަވައިގެ އޮރިޖިނަލް ސައުންޑް ޓްރެކް ވަނީ ރިލީޒްކޮށްފައެވެ. ލަސްވިޔަސް އަލްބަމްގެ މި ލަވަ އަކީ އަންޔާ (އަންދަލާ) ކިޔާދީފައިވާ ލަވައެކެވެ. މި ލަވަ ލިޔެ، އޮކޮސްޓިޓް ގިޓަރގައި ކުޅެދީފައި ވަނީ ވެސް ހަމައެ ފަންނާނެވެ. އިކްރާމް އަދި ބާސިތް މިއުޒިކަކަށް ތައްޔާރުކޮށްފައިވާ މި ލަވަ އަކީ އަހުމަދު ޝަކީބްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ ލަވައެލެވެ. މީގެ އިތުރުން ފިލްމްގައި ބެނުންކޮށްފައިވާ އެހެން ލަވަ އަދި ބެކްގްރައުންޑް މިއުޒިކްގެ ތެރޭގައި "ކައިވެނީގެ އަމާޒު" ފަދަ ލަވަތައް ފާހަގަކުރެވުނެވެ.

ފިލްމުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާ، ދިވެހި ފިލްމުތަކުގައި ތަފާތު އެކްޓިން އެއް ދައްކާދެމުން އަންނަ އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު އީސަ (އާނަންދު)، ރާއްޖޭގެ އެންމެ މަގްބޫލް އަންހެން ފަންނާނުންގެ ތެރޭގައި މިހާރު ގުނާލެވޭ ވާޝިޔާ އަހުމަދު ހިމެނެއެވެ. އަދި ގިނަ ދިވެހި ފިލްމްތަކެއްގައި ކުޅަދާނަ އެކްޓިން އެއް ދައްކުވައިދީފައިވާ ފައުޒިއްޔާ ހަދަން އާއި ރީކޯ މޫސަ ވެސް މި ފިލްމުން ފެނިގެންދެއެވެ. އަދި އިފްނާޒް އާއި ޖިލިއަން (ޖިލިއްޓެ)، ތާތި، ސުހާ ފަދަ ފަންނާނުން ވެސް ފިލްމުން ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް