ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 18:32
އެމްޓީސީސީގައި އާޒިމް ސީއޯ އަކަށް ހުންނެވި އިރު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
އެމްޓީސީސީގައި އާޒިމް ސީއޯ އަކަށް ހުންނެވި އިރު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
އެމްޑީޕީ
އެމްޓީސީސީގެ ފެންވަރު ނެތްކަމަށް ޝިޔާމްބުނުން
ހުޅުދޫގައި ނެރު ފުން ނުކުރެވި ވަނީ އެމްޓީސީސީ އޮތް ހާލަތުގެ ސަބަބުން ކަމަށް ބުނެ މިނިސްޓަރ ހެއްދެވީ އިތުރުފުޅު- އާޒިމް
 
އެމްޓީސީސީގައި އުޅަނދުތަކަށް ތެޔޮ އަޅާނެ މިންވަރަށް ވެސް ޤާބިލްކަން ނެތް ކަމަށް ޝިޔާމް ވިދާޅުވި

އައްޑޫސިޓީގެ ހުޅުދޫގައި މަސްވެރިން ބޭނުން ކުރާ ނެރު ފުން ނުކުރެވި ވަނީ އެމްޓީސީސީ އޮތް ހާލަތުގެ ސަބަބުން ކަމަށް ފާހަގަކުރައްވާ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށް މާލޭ ސިޓީގެ މޭޔަރ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަށާއިރު ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުންނާނެ ކަމަށާއި ސަރުކާރަށް ފައިސާ ނުދެވުމަކީ އެމްޓީސީސީގެ މައްސަލަ އެއް ނޫން ކަމަށެވެ. އޭނާ އެމްޓީސީސީގެ ސީއީއޯކަމުގައި ހުންނެވި އިރު އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަަމަށާއި ބައެއް ސައިޓްތަކުގައި ދިމާވާ ދަތިތަކާއި ގުޅިގެން މަސައްކަތް ކުޑަކޮށް ލަސްވާ ހާލަތުގައި ވެސް އެކަން މެނޭޖްކުރައްވާފައިވާނެ ކަަމަށް އާޒިމް ވިދާޅުވިއެވެ. މިހާރު ދިމާވެގެން އުޅޭ ހާލަަތަކީ ސަރުކާރަށް ފައިސާ މެނޭޖްކުރަން ނޭނގުން ކަމަށާއި އެއީ ސަރުކާރުގެ މައްސަލަ އެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބަދުނާމު ސަރުކާރުން އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށާއި ޒިންމާ ނަގަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން މަޖިލީހުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ އައްޑޫ ހުޅުދޫގެ މަސްވެރިން ބޭނުންކުރާ ނެރު ފުންކުރުމުގެ މަސައްކަތް ހުއްޓިފައި ވަނީ ސަރުކާރު ބަދަލުވި އިރު އެމްޓީސީސީ އޮތް ހާލަތުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްޓީސީސީގައި އުޅަނދުތަކަށް ތެޔޮ އަޅާނެ މިންވަރަށް ވެސް ޤާބިލްކަން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ހާލަތު ބަދަލުކޮށް އަލުން މަސައްކަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް