Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 22:15
އިންތިޚާބާބެހޭ މަރުކަޒު
އިންތިޚާބާބެހޭ މަރުކަޒު
ރާއްޖެއެމްވީ
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން
މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ ކުރިއަށްދާނެ: އީސީ
ގުރުއަތުނެގުން ހުކުރު ދުވަހު މެންދުރުފަހު 2:30ން އިރުއޮއްސި 6:30ށް ކުރިއަށްގެންދާނެ
މަޖިލީހުގެ އިންތިޚާބަށް 381 ކެންޑިޑޭޓުންގެ ފޯމު ވަނީ ހުށަހަޅާފައި

ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން, ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އީސީން ބުނީ 17 މާރިޗު 2024ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައި، ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން 16 ފެބުރުވަރީ 2024ވާ ހުކުރު ދުވަހު ކުރިއަށްގެންދިއުމަށް ނިންމާފައި ވާކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައެވެ.

93 ދާއިރާގެ ގުރުއަތުލުން ކުރިއަށް ގެންދާނެއެވެ. ގުރުއަތުނެގުން ހުކުރު ދުވަހު މެންދުރުފަހު 2:30ން ފެށިގެން އިރުއޮއްސި 6:30ށް ކުރިއަށް ގެންދިއުމަށް އީސީން ވަނީ ނިންމާފައެވެ.

Advertisement

ގުރުއަތު ނެގުމާ ގުޅޭގޮތުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ދަރުބާރުގެއަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ދާނެ މީހަކު ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ދިއުމަށް ކޮމިޝަނުން އެދޭކަމަށެވެ. އަދި ކެންޑިޑޭޓު ނުވަތަ ބަދަލުގައި މީހަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ ކޮމިޝަނުގެ ފަރާތުން ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާޒިރުވެވުމަށް ބުނެފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހާޒިރުވާން ފެން ގުރުއަތުލުން ފަސްވެސް ނުކުރާނެ ކަމަށެވެ.

މަޖިލީހުގެ އިންތިޚާބަށް 381 ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ.

އަންނަ މަހުގެ 17ގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ފަސްކުރުމަށް މަޖިލީހުން ވަނީ އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މި އިންތިޚާބުގައި 284،337 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް